ކޮވިޑަށް ރާއްޖެއިން އިތުރު 118 މީހަކު ޕޮޒިޓިވް ވެއްޖެއެވެ.
ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނެފައިވާގޮތުގައި މިއަދު ރާއްޖެއިން 118 މީހަކު ޕޮޒިޓިވް ވެފައިވާއިރު އޭގެތެރެއިން 95 މީހަކު ޕޮޒިޓިވް ވެފައިވަނީ މާލެ ސަރަހައްދުންނެވެ. އަތޮޅު ތެރެއިން ހަތަރު މީހަކު ޕޮޒިޓިވް ވެފައިވެއެވެ. ރިސޯޓްތަކުން 19 މީހަކު ޕޮޒިޓިވް ވެފައިވެއެވެ.
މިއާއެކު ރާއްޖެއިން މިހާތަަނަށް ޕޮޒިޓިވް ވި ޖުމްލަ އަދަދު މިވަނީ 20565 އަށް އަރާފައެވެ. އެކްޓިވް ކޭސްތަކުގެ އަދަދަކީ 2658 އެވެ. އެޑްމިޓް ކޮށްގެން 167 މީހަކަށް އަންނަނީ ފަރުވާދެމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް