އިިދިކޮޅުން މިއަދު މާލޭގައި ކުރިއަށްގެންދާ މުޒާހަރައިން ހައްޔަރުކުރި މީހުންގެ އަދަދު 31 އަށް އަރައިފިއެވެ.
މީޑިއާއަށް މައުލޫމާތުދެމުން ފުލުހުން ބުނެފައިވަނީ މިހާތަނަށް 31 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާކަމަށެވެ.
އިދިކޮޅުން މިއަދުވެސް މުޒާހަރާއަށް ނިކުތީ "ކޮބާހޭ މަގޭ ފުލެޓު" މި ޝިއާރުގެ ދަށުންނެވެ.
އިދިކޮޅު މައި އޮފީސް ކައިރިއަށް ނުދެވޭގޮތަށް ފުލުހުން އެ ސަރަހައްދު ބަންދުކޮށްލުމުން ޕީޕީއެމް އަދި ޕީއެންސީ ހިމެނޭ އިދިކޮޅުން މިއަދު މުޒާހަރާ ކޮށްފައިވަނީ މާލޭގެ އެކި ސަރަހައްދުތަކުގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް