މާޅޮހުގައި ހާއްސަ އެހީއަށް ބޭނުންވާ ކުއްޖަކު މޫދަށް ވެއްޓި ނިޔާވެއްޖެ

އއ. މާޅޮހުގައި ހާއްސަ އެހީއަށް ބޭނުންވާ ކުއްޖަކު މޫދަށް ވެއްޓި ނިޔާވެއްޖެއެވެ. ދުވަހަށް މައުލޫމާތުދެއްވަމުން އެ ރަށު ކައުންސިލްގެ ނައިބުރައީސް ފަޒީލް އަހްމަދު ވިދާޅުވީ އެ ހާދިސާ ހިނގާފައިވަނީ މިއަދު ހ...

05 Mar 2021 | 14:03

އއ. މާޅޮހުގައި ހާއްސަ އެހީއަށް ބޭނުންވާ ކުއްޖަކު މޫދަށް ވެއްޓި ނިޔާވެއްޖެއެވެ.

ދުވަހަށް މައުލޫމާތުދެއްވަމުން އެ ރަށު ކައުންސިލްގެ ނައިބުރައީސް ފަޒީލް އަހްމަދު ވިދާޅުވީ އެ ހާދިސާ ހިނގާފައިވަނީ މިއަދު ހަވީރުގެ ވަގުތެއްގައި ކަމަށެވެ. ނިޔާވެފައިވަނީ ކުޑަ އަންހެން ކުއްޖެއް ކަމަށެވެ.

މީޑިއާއަށް މައުލޫމާތުދެމުން ފުލުހުން ބުނީ މާޅޮހުގައި ހާއްސަ އެހީއަށް ބޭނުންވާ އުމުރުން 12 އަހަރުގެ އަންހެން ކުއްޖަކު ގެއްލިގެން  ހޯދަމުންދަނިކޮށް މޫދުގައި ނިޔާވެފައި އޮއްވާ ފެނިފައިވާކަމަަށް މިއަދު ހަވީރު 05:50 ހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާކަމަށެވެ. އަދި ހާދިސާއާއި ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް