މޯލްޑިވިއަން ސީޕްލޭން ޕައިލެޓުންގެ އިހުތިޖާޖު ހުއްޓާލައިފި

ގައުމީ އެއާލައިން މޯލްޑިވިއަންގެ ސީޕްލޭން ޕައިލެޓުން މިއަދު ކުރި އިހުތިޖާޖު ހުއްޓާލައިފި އެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ޕްއިލެޓުން އިހުތިޖާޖު ކުރަން ފެށީ މިއަދު ހެނދުނު އެވެ. ޕައިލެޓުން މުޒާހަރާ...

05 Mar 2021 | 12:05

ގައުމީ އެއާލައިން މޯލްޑިވިއަންގެ ސީޕްލޭން ޕައިލެޓުން މިއަދު ކުރި އިހުތިޖާޖު ހުއްޓާލައިފި އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ޕްއިލެޓުން އިހުތިޖާޖު ކުރަން ފެށީ މިއަދު ހެނދުނު އެވެ. ޕައިލެޓުން މުޒާހަރާ ކުރީ ވޭތުވެދިޔަ ހަ މަސް ދުވަހު އެކަށީގެންވާ މުސާރަ ނުދީ މަސައްކަތް ކުރުވާ މައްސަލާގައި ކަމަށް ވެސް މައުލޫމާތު ލިބެ އެވެ.

މިކަމާއި ގުޅިގެން މިއަދު ހަވީރު މޯލްޑިވިއަންއިން ބުނީ އިޖުތިޖާކު ކުރި ޕައިލެޓުން އެނބުރި މަސައްކަތަށް ނުކުމެފަ ވާ ކަމަށެވެ. ޕައިލެޓުން ވަޒީފާއަށް ނުކުތީ އެމީހުންގެ ޝަކުވާތައް މެނޭޖްމެންޓާއި ހިއްސާ ކުރުމަށް ފަހު އެވެ.

މޯލްޑިވިއަންއިން ބުނީ ޕައިލެޓުންގެ ޝަކުވާތަށް މެނޭޖްމެންޓުން އަޑު އަހާފައިވާ ކަމަށެވެ. އަދި ހައްލުކޮށްދެވެން ހުރި ކަންކަން ހައްލު ކޮށްދޭނެ ކަމުގެ ޔަގީންކަން މުވައްޒަފުންނަށް އަރުވާފަ ވާ ކަމަށެވެ.

https://twitter.com/MaldivianAero/status/1367794667727679490

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް