ގދ. ވާދޫގައި ހިނގި އަލިފާނުގެ ހާދިސާއެއްގައި ބަދިގެއެއް އަނދާ ހުލިވެއްޖެ

ގދ. ވާދޫގައި މިއަދު ހިނގި އަލިފާނުގެ ހާދިސާއެއްގައި ބަދިގެއެއް އަނދާ ހުލިވެއްޖެއެވެ. ދުވަހަށް މައުލޫމާތުދެއްވަމުން ފުލުހުންގެ މީޑިއާ އޮފިސަރު ވިދާޅުވީ ގދ. ވާދޫގައި މަސް ކައްކަން ގެއާ ވަކިން ހަދާފައިހު...

05 Mar 2021 | 11:34

ގދ. ވާދޫގައި މިއަދު ހިނގި އަލިފާނުގެ ހާދިސާއެއްގައި ބަދިގެއެއް އަނދާ ހުލިވެއްޖެއެވެ.

ދުވަހަށް މައުލޫމާތުދެއްވަމުން ފުލުހުންގެ މީޑިއާ އޮފިސަރު ވިދާޅުވީ ގދ. ވާދޫގައި މަސް ކައްކަން ގެއާ ވަކިން ހަދާފައިހުރި ބަދިގެއެއްގައި ރޯވެފައިވާކަމުގެ މައުލޫމާތު މިއަދު މެންދުރު 12:15ގައި ލިބުނު ކަމަށެވެ.

"ފުލުހުންނާ ރައްޔިތުން ގުޅިގެން ކުރި މަސައްކަތުން އަލިފާން މިހާރު ވަނީ ނިއްވާލާފައި" ފުލުހުންގެ މީޑިއާ އޮފިސަރު ވިދާޅުވިއެވެ.

ފުލުހުން އިތުރަށް ބުނީ އަލިފާނުގެ މި ހާދިސާގައި ބަދިގެ ވަނީ ބޭނުން ނުކުރެވޭވަރަށް އަނދާފައި ކަމަށާއި އޭގެ އިތުރުން ގެއަށް ކޮންމެވެސް ވަރަކަށް އަލިފާނުގެ އަސަރުކޮށްފައިވާކަމަށެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް