މުޒާހަރާ ކޮށްފާނެތީ ޕީޕީއެމް އޮފީސް ހިމެނޭ ބޮޑު ސަރަހައްދެއް ބަންދުކޮށްފި

އިދިކޮޅު ޕީޕީއެމް/ ޕީއެންސީން މުޒާހަރާ ކޮށްފާނެތީ ބޮޑުތަކުރުފާނު މަގު ގައި ހުންނަ ޕީޕީއެމް އޮފީސް ހުންނަ ސަރަހައްދުގެ މަގުތައް ފުލުހުން ބަންދުކޮށްފި އެވެ. މުޒާހަރާ ފަށަން ނިންމާފައި އޮތީ ހަވީރު 4:15 ގ...

05 Mar 2021 | 11:01

އިދިކޮޅު ޕީޕީއެމް/ ޕީއެންސީން މުޒާހަރާ ކޮށްފާނެތީ ބޮޑުތަކުރުފާނު މަގު ގައި ހުންނަ ޕީޕީއެމް އޮފީސް ހުންނަ ސަރަހައްދުގެ މަގުތައް ފުލުހުން ބަންދުކޮށްފި އެވެ.

މުޒާހަރާ ފަށަން ނިންމާފައި އޮތީ ހަވީރު 4:15 ގައި އެވެ. މިއަދުގެ މުޒާހަރާވެސް ކުރިޔަށް ގެންދަން ނިންމާފައި އޮތީ "ކޮބާ މަގޭ ފްލެޓް" ނަމުގަ އެވެ.

ފުލުހުން އެ ސަރަހައްދު ބަންދުކޮށްފައިވަނީ މިއަދު މެންދުރު ފަހު އެވެ.

އެ ސަރަހައްދުގައި ހަރަކާތްތެރިވާ "ދުވަސް" ގެ ނޫސްވެރިން ބުނީ ޕީޕީއެމް އޮފީސް ހިމެނޭ ބޮޑު ސަރަހައްދެއް ބަންދުކޮށްފައިވާ ކަމަށެވެ. އަދި އެ ސަރަހައްދަށް އެއްވެސް މީހަކަށް ނުވަދެވޭ ގޮތަށް ފުލުހުން ބެރިކޭޑް ޖަހާފައިވާ ކަމަށެވެ.

ގިނަ އަދަދެއްގެ ފުލުހުން އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން ދެ އެވެ. ފުލުހުން ދަނީ ޕީޕީއެމް އޮފީސް ތެރެއިން މީހުން ނުކުންނަ ނަމަ އެމީހުންވެސް އެ އޮފީސް ތެރެއަށް ވައްދަމުންނެވެ.

ރަޔަޓް ގިޔަރުގަ ތިބި ފުލުހުން ދަނީ މާލޭގެ އެކި ސަރަހައްދުތަކުގަ ހަރަކާތްތެރިވަމުންނެވެ. އަދި ބައެއް ސަރަހައްދުތަކުން މުޒާހަރާ ކުރުމަށް ޕީޕީއެމް އޮފީސް ސަރަހައްދާ މީހުން ދަނީ ހުއްޓުވަމުންނެވެ.

އަދި އޭގެ ތެރެއިން ބައެއް މީހުން ވަނީ ހައްޔަރުކޮށްފަ އެވެ.

މީގެ އިތުރުން މިއަދު މުޒާހަރާ ކަވަރު ކުރުމަށް ނޫސްވެރިންނަށް ހަރަކާތްތެރިވެވޭނީ ބްރޯޑްކާސްޓިން ކޮމިޝަނުން ދޫކުރާ މީޑިއާ ފާސް ބޭނުން ކޮށްގެންނެވެ. މުޒާހަރާ ކަވަރު ކުރަން ހަރަކާތްތެރިވެވޭނީ އެ ފާސް އޮތް ނޫސްވެރިންނަށް އެކަނިކަމަށް ފުލުހުން އެންގީ އިއްޔެގެ ރަސްމީ ގަޑި ނިމުނު ފަހުންނެވެ. މިކަމާއި ގުޅިގެން މީޑިއާތަކުން ވަނީ ހިތްހަމަ ނުޖެހުން ފާޅުކޮށްފަ އެވެ.

ފުލުހުން ވަނީ އެޗްޕީއޭގެ ގައިޑްލައިނާ ހިލާފަށް މާލޭގައި އެއްވުމުގެ ފުރުސަތު ނުދޭނެ ކަމަށް ބުނެފަ އެވެ. އެޗްޕީއޭއިން ރޭ ނެރުނު އެންގުމަކުން މާލެ ސަރަހައްދުގައި އާންމު ތަންތަނުގައި އެއްކޮށް އުޅެވޭ މީހުންގެ އަދަދު ވަނީ ފަހަކަށް ދަށްކޮށްފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް