ގައިޑްލައިންތަކުގެ ނިޔަތުން ފައިދާ ސަރުކާރަށް، ގެއްލުން ރިސޯޓު މުވައްޒަފުންނަށް: ޝިޔާމް

ކޯވިޑް-19 އާއި ގުޅިގެން ބަލި ކޮންޓްރޯލް ކުރުމަށް އެޗްޕީއޭއިން އެކުލަވާލާފައިވާ ގިނަ ގައިޑްލައިންތަކުގެ ނިޔަތަކީ ސިޔާޔީ ގޮތުން ސަރުކާރަށް މަންފާ ހޯދައި ދިނުން ކަމަށް އިދިކޮޅު ޕީޕީއެމްގެ ނައިބު ރައީސް އ...

05 Mar 2021 | 08:55

ކޯވިޑް-19 އާއި ގުޅިގެން ބަލި ކޮންޓްރޯލް ކުރުމަށް އެޗްޕީއޭއިން އެކުލަވާލާފައިވާ ގިނަ ގައިޑްލައިންތަކުގެ ނިޔަތަކީ ސިޔާޔީ ގޮތުން ސަރުކާރަށް މަންފާ ހޯދައި ދިނުން ކަމަށް އިދިކޮޅު ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.

ޝިޔާމް މިހެން ވިދާޅުވީ ކޯވިޑް-19 އާއި ގުޅިގެން ރިސޯޓުތަކުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ދިމާވެފައިވާ ގޮންޖެހުންތަކާއި ގުޅިގެން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި މައްސަލަ އާއި ގުޅޭގޮތުން ކުރެއްވި ޓުވީޓެއްގަ އެވެ. މި މައްސަލަ މަޖިލީހަށް ހުށަހެޅުއްވީ ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސައިން މުހައްމަދު ލަތީފެވެ.

ޝިޔާމްގެ ޓުވީޓުގައި ވިދާޅުވީ އެޗްޕީއޭއިން ބައެއް ގައިޑްލައިންތައް ހަދާފައިވަނީ ދެއުޅިއެއް ނުވާގޮތަށް ކަމަށެވެ. އަދި އެކަމުގެ އެންމެ ބޮޑު އުނދަގުލެއް ތަހަންމަލް ކުރަމުންދަނީ ރިސޯޓުތަކުގައި މަސައްކަތް ކުރާ މުވައްޒަފުން ކަމަށެވެ.

އެ ފަރާތްތަކާއި ދިމާވެފައިވާ މުހިންމު ދެ މައްސަލައެއް އޭނާގެ ޓުވީޓުގައި ފާހަގަ ކުރައްވާފަ ވެ އެވެ.

އެއީ ވެކްސިން ޖެހުމުން މަހުރޫމުވުމާއި އާއިލާ ގާތަށް ނުދެވުން ކަމަށް ވިދާޅުވި އެވެ.

https://twitter.com/Shiyamaldives/status/1367724160953118722

ރިސޯޓު މުވައްޒަފުންގެ އެންމެ ބޮޑު ޝަކުވާ އަކީ ފަސޭހަ ކަމާއި އެކު ޗުއްޓީއަށް ރަށަށް ނުދެވޭ މައްސަލަ އެވެ. މި މައްސަލައިގަ އެޗްޕީއޭއިން ބުނީ ރާއްޖެ އަންނަ ޓޫރިސްޓުން ކޯވިޑަށް ޓެސްޓު ކޮށްގެން އަޔަސް އެމީހުން ގެންނަނީ 72 ގަޑިއިރު ނުވާ ޓެސްޓުގެ ނަތީޖާއަކަށް ވާތީ ޓޫރިސްޓުންގެ ފަރާތުން ބަލި ފެތުރުމުގެ ފުރުސަތު އޮންނާނެ އެވެ.

އަދި އެފަދަ ހާލަތެއްގައި ކަރަންޓީން ނުވާގޮތަށް މުވައްޒަފުން ރަށަށް ދެވޭނަމަ ރަށްރަށަށް ބަލި ފެތުރުމުގެ ފުރުސަތު ބޮޑުވާނެތީ ކަމަށް ބުނެފައިވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް