މިއަދު ވެކްސިން ޖެހި އަދަދު 7،000 އިން މަތީގައި

މިއަދު ވެކްސިން ޖެހި މީހުންގެ އަދަދު 7،000 އަށްވުރެ އިތުވެއްޖެ އެވެ. އެޗްޕީއޭއިން ބުނީ މިއަދު ޖުމްލަ 7،712 މީހުން ވެކްސިން ޖަހާފައިވާ ކަމަށެވެ. އޭގެ ތެރެއިން 4،144 މީހުން ވެކްސިން ޖަހާފައިވަނީ އަތޮޅު ...

04 Mar 2021 | 19:11

މިއަދު ވެކްސިން ޖެހި މީހުންގެ އަދަދު 7،000 އަށްވުރެ އިތުވެއްޖެ އެވެ.

އެޗްޕީއޭއިން ބުނީ މިއަދު ޖުމްލަ 7،712 މީހުން ވެކްސިން ޖަހާފައިވާ ކަމަށެވެ. އޭގެ ތެރެއިން 4،144 މީހުން ވެކްސިން ޖަހާފައިވަނީ އަތޮޅު ތެރޭގަ ގާއިމްކޮށްފައިވާ ކޯވިޑް ވެކްސިން ދޭ ސެންޓަރުތަކުންނެވެ.

މާލެއިން މިއަދު ވެކްސިން ޖަހާފައިވަނީ 3،568 މީހުންނަށެވެ. މިދިޔަ ހަފްތާއެއްހާ ދުވަހު މާލެއިން ވެކްސިން ޖެހި އަދަދު ދަށްވަމުން ގޮސް އިތުރުވި މިއީ ފުރަތަމަ ދުވަހެވެ.

އެޗްޕީއޭއިން ބުނީ މިހާތަނަށް 137،124 މީހުން ކޯވިޑް-19 ވެކްސިން ޖަހާފައިވާ ކަމަށެވެ.

އޭގެ ތެރެއިން 84،891 މީހުން ވެކްސިން ޖަހާފަ ވަނީ މާލެއިންނެވެ. 52،233 މީހުން ވެކްސިން ޖަހާފަ ވަނީ އަތޮޅު ތެރޭގަ އެވެ

ރާއްޖޭގެ ކޯވިޑް-19 ވެކްސިން ދޭން ފެށީ މިދިޔަ މަހުގެ އެއް ވަނަ ދުވަހު އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް