އިންތިހާބާ ނުލައި އެމްޑީޕީއަށް 13 އަދި އަމިއްލަ ދެ ކެނޑިޑޭޓަކަށް ގޮނޑި ކަށަވަރުވެއްޖެ

އަންނަ މަހު ބާއްވާ ލޯކަލް ކައުންސިލް އިންތިޚާބުގައި ވާދަކުރާ 15 ކެންޑިޑޭޓެއްގެ ގޮނޑި ކަށަވަރުވެއްޖެ އެވެ. އޭގެތެރެއިން 13 ގޮނޑި އެމްޑީޕީއަށް ލިބިފައިވާ އިރު ދެ ގޮނޑި ލިބިފައިވަނީ އަމިއްލަގޮތުން ކުރިމަ...

05 Mar 2020 | 15:04

އަންނަ މަހު ބާއްވާ ލޯކަލް ކައުންސިލް އިންތިޚާބުގައި ވާދަކުރާ 15 ކެންޑިޑޭޓެއްގެ ގޮނޑި ކަށަވަރުވެއްޖެ އެވެ.

އޭގެތެރެއިން 13 ގޮނޑި އެމްޑީޕީއަށް ލިބިފައިވާ އިރު ދެ ގޮނޑި ލިބިފައިވަނީ އަމިއްލަގޮތުން ކުރިމަތިލި ކެންޑިޑޭޓުންނަށެވެ.

އިލެކްޝަންސް ކޮމިޝަނުން މިއަދު އާންމު ކުރި މައުލޫމާތު ތަކުގައި ބުނެފައިވަނީ ހަތް ރަށެއްގެ ކައުންސިލްގެ ރައީސާއި ރަށު ކައުންސިލްގެ ދެ ގޮނޑިއެއްގެ އިތުރުން އަންހުންނަށް ހާއްސަކޮށްފައިވާ ގޮނޑީގެ ތެރެއިން ފަސް ގޮނޑިއެއް އިންތިހާބަކާ ނުލައި ކުރިމަތިލި ކެންޑިޑޭޓުންނަށް ކަށަވަރުވެފައިވާ ކަމަށެވެ. މީގެ އިތުރުން މާލޭ ސިޓީ ކައުންސިލްގެ ގަލޮޅު އުތުރު ދާއިރާވެސް ވަނީ އިންތިހާބަކައި ނުލާ ކުރިމަތި ލި ކެންޑިޑޭޓަށް ލިބިފަ އެވެ.

އެމްޑީޕީއަށް ލިބުނު ކައުންސިލްތައް:

މާލޭ ސިޓީ ގަލޮޅު އުތުރު ދާއިރާ

އައްޑޫ ސިޓީ ހިތަދޫ އަންހެނުންނަށް ހާއްސަ ބޭރުމަތީ ދާއިރާގެ ރައީސް

ހދ. ވައިކަރަދޫ ކައުންސިލްގެ ރައީސް

ނ. ކުޑަފަރީ ކައުންސިލްގެ ރައީސް އަދި އަންހެނުންނަށް ހާއްސަ ދެ ގޮނޑި

ނ. މާފަރު ކައުންސިލްގެ ރައީސް

އއ. މާޅޮހު ކައުންސިލްގެ ރައީސް

ވ. ތިނަދޫ ކައުންސިލްގެ ރައީސް

އއ. މާޅޮހު ކައުންސިލްގެ އާންމު މެންބަރުގެ ބައިން ދެ ގޮނޑި

އއ. ހިމަންދޫ ކައުންސިލުން އަންހެނުންނަށް ހާއްސަ ދެ ގޮނޑި

އަމިއްލަ މެންބަރުން:

ދ. ރިބުދޫ ކައުންސިލްގެ ރައީސް

އއ. ބޮޑުފޮޅުދޫ ކައުންސިލްގެ ރައީސް

އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކަށް ކުރިމަތިލި ކެންޑިޑޭޓުންގެ ތެރެއިން 71 ކެންޑިޑޭޓުން ވަނީ އިންތިހާބަކާ ނުލައި ގޮނޑި ކަށަވަރުކޮށްފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ 11 ރަށަކާއި މާލެ އާއި އައްޑޫ އަދި ފުވައްމުލަކު ސިޓީ އެވެ.

މި އިންތިހާބުގައި ކައުންސިލްތަކަށް 982 ކައުންސިލަރުން އިންތިހާބު ކުރާނެ އެވެ. އަދި އަންހެނުންގެ ކޮމިޓީތަކަށް 930 މެންބަރުން އިންތިހާބު ކުރާނެ އެވެ.

މިފަހަރުގެ އިންތިހާބުގައި ކައުންސިލްތަކަށް 2435 ކެންޑިޑޭޓުން ވާދަ ކުރާއިރު އަންހެނުންގެ ކޮމެޓީތަކަށް 1،817 ކެންޑިޑޭޓުން ކުރިމަތިލާފައިވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް