އެންޒީން ކުރިއަށްގެންދާ "އެންޒީ ވަރަށް ފައްކާ" ޕްރޮމޯޝަނާ ގުޅުވައިގެން ރޯދަ އަށް ހާއްސަ ޕްރޮމޯޝަނެއްގެ ދަށުން އެންޒީ ފިހާރަ އިން ގޭގެއަށް ދަޅުމަސް ހިލޭ ޑެލިވަރީ ކޮށްދޭން ނިންމައިފި އެވެ.
އެންޒީން ހިލޭ ޑެލިވަރީ ކޮށްދިނުމުގެ ބޭނުމަކީ އާންމުންނަށް ވަގުތު ސަލާމަތް ކޮށްދިނުން ކަމަށް އެ ފިހާރައިން ބުންޏެވެ.
އެންޒީ އިން ބުނީ ރޯދައަށް ހާއްސަ މި ޕްރޮމޯޝަންގެ ދަށުން ޑެލިވަރީކޮށްދޭނީ 13 ދަޅަށް ވުރެ އިތުރަށް އޯޑަރުކުރާ މީހުންނަށް ކަމަށެވެ. އެގޮތުން، އޯޑަރު ދޭން ގުޅަންޖެހޭނީ މާލެ އިން ނަމަ 7248899 އަށް، ހުޅުމާލެ އިން ނަމަ 7258899 އަށް ކަމަށެވެ. އަދި ގުޅަންޖެހޭނީ ހެނދުނު 8:30 އިން ހަވީރު 4:00 އާ ދެމެދު ކަމަށެވެ. ޑެލިވަރީކޮށްދޭނީ އޯޑަރު ދޭ ދުވަހު ނޫން އަނެއް ދުވަހު ކަމަށް އެ ފިހާރައިން ބުނެ އެވެ.
އެންޒީ ފިހާރައިން ބުނީ މިގޮތަށް ގޭގެއަށް ޑެލިވަރީ ކުރަނީ "އެންޒީ ވަރަށް ފައްކާ" ޕްރޮމޯޝަންގެ ލޭބަލް ޖަހާފައިވާ މަސް ދަޅުތަށް ކަމަށެވެ. ކޮންމެ މަސްދަޅެއްގައި އިންނަ ލޭބަލްކޮޅުގެ ފަހަތުގައި އިންނަ ސީރިއަލް ނަންބަރު 5040 އަށް އެސްއެމްއެސް ކުރެވޭނެ ކަމަށާއި، މިގޮތަށް އެސްއެމްއެސްކުރާ މީހުންގެ މެދުގައި ކޮންމެ މަހަކު ގުރުއަތު ނަގާނެ ކަމަށް ބުނެއެވެ. އެގޮތުން ގުރުއަތުން ހޮވޭ މީހުންނަށް 1،000ރ. އާއި 5،000ރ. އާއި 10،000ރ. ގެ ފައިސާގެ އިނާމު ލިބޭނެ ކަމަށް މި ފިހާރައިމް ބުނެ އެވެ.
މީގެ އިތުރުން ކޮންމެ މަހަކު ހޮވާ ނަސީބުވެރިންގެ އިތުރުން ފެބްރުއަރީ 15 އިން ޖުލައި މަހުގެ ނިޔަލަށް އެސްއެމްއެސް ކުރާ މީހުންގެ މެދުގައި ގްރޭންޑް ލަކީޑްރޯއެއް ނަގާނެ ކަމަށް އެންޒީ އިން ބުނެ އެވެ. އެގޮތުން، އޮގަސްޓް މަހުގެ ތެރޭ ނަގާ މި ގުރުއަތުން އެއް ވަނަ އަށް ދާ މީހަކަށް 100،000ރ. ގެ އިނާމެއް ލިބޭނެ ކަމަށާއި، އަދި ދެވަނައަށް 50،000ރ. އަދި ތިންވަނަ އަށް 30،000ރ. ލިބޭނެ ކަމަށް އެންޒީ ފިހާރައިން ބުނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް