އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) އިން ކޮރޯނާ ވައިރަހުގެ އަސަރު އެންމެ ބޮޑަށް ކޮށްފައިވާ ގައުމުތަކަށް 50 ބިލިއަން ޑޮލަރުގެ އެހީއެއް ދޭން ކަނޑައަޅައިފި އެވެ.
ކޮވިޑް-19 އާއި ގުޅިގެން ދުނިޔޭގެ އިގްތިސޯދު ލަފާކުރި މިންވަރަށް ވުރެ ވެސް ދަށަށް ގޮސްފައިވާ ކަމަށް ބައިނަލް އަގްވާމީ މާލީ ޖަމިއްޔާއިން ބުނެފައިވެއެވެ.
ޗައިނާ އިން ބޭރުގެ 70 ގައުމަކަށް މިހާރު އެ ވައިރަސް ފެތުރިފައިވާ ކަމަށް ވެސް އައިއެމްއެފްގެ އެހީ އިއުލާނުކޮށްފައިވެއެވެ.
50 ބިލިއަން ޑޮލަރުގެ އެހީ ހާއްސަކޮށްފައިވާނީ އެންމެ ފަގީރު އަދި މެދު އާމްދަނީގެ ގައުމުތްކުގެ އިތުރުން އެ ވައިރަސް ފެތުރުމުން ސަލާމަތް ވުމަށްޓަކައި އެންމެ އެކަށީގެންވާ ސިއްހީ ނިޒާމެއް ގާއިމްވެފައިނެތް ގައުމުތަކަށް ކަމަށް ވެސް އައިއެމްއެފް އިން ބުނެފިއެވެ.
މި ވައިރަހާއި ދެކޮޅަށް ބޮޑެތި ގައުމުތަކުން ކުރަމުން އަންނަ މަސައްކަތްތަކަށް 12 ބިލިއަން ޑޮލަރުގެ އެހީއެއް ވާލްޑް ބޭންކުން ވެސް ވަނީ ދިނުމަށް ނިންމާފައެވެ.
މިހާތަނަށް ވައިރަސް ޖެހުނު މީހުންގެ އަދަދު 93000 އަށް ވުރެ މައްޗަށް އަރައިފައި ވެއެވެ. އަދި މި ބަލީގައި މަރުވި މީހުންގެ އަދަދު ވަނީ 3000 ވުރެ މައްޗަށް އަރާފައެވެ.
ޗައިނާ އާއި އަޅާ ބަލާއިރު އެ ވަރިސް އެހެން ގައުމު ތަކަށް ފެތުރިފައިވާ މިންވަރު އެތައް ގުނައެއް ބޮޑެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް