މާލޭގެ މިސްކިތްތަކެއްގެ މަރާމާތަށް ސިޓީ ކައުންސިލަށް އެއް މިލިއަން ރުފިޔާ ދީފި

މާލޭގެ ތިން މިސްކިތެއް މަރާމާތު ކުރުމަށް މިސްކިތު ފަންޑުން އެއް މިލިއަން ރުފިޔާ މާލޭ ސިޓީ ކައުންސިލާއި ހަވާލު ކޮށްފި އެވެ. މިކަމުގެ އެއްބަވުމުގައި އިސްލާމިކް މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ މިނިސް...

05 Mar 2020 | 08:49

މާލޭގެ ތިން މިސްކިތެއް މަރާމާތު ކުރުމަށް މިސްކިތު ފަންޑުން އެއް މިލިއަން ރުފިޔާ މާލޭ ސިޓީ ކައުންސިލާއި ހަވާލު ކޮށްފި އެވެ.

މިކަމުގެ އެއްބަވުމުގައި އިސްލާމިކް މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ މިނިސްޓަރު ޑރ. އަހުމަދު ޒާހިރެވެ. ސިޓީ ކައުންސިލްގެ ފަރާތުން ސޮއި ކުރެއްވީ ސެކްރެޓަރީ ޖެނެރަލް އަހުމަދު ޝަރީފެވެ.

މި އެއްބަސްވުމުގެ ދަށުން މަރާމާތު ކުރުމަށް ހަމަޖެހިފައިވަނީ ފުރްގާން މިސްކިތާއި ޝަހީދު އަލީ މިސްކިތާއި ހުޅުމާލޭގައި ހުންނަ ހަމަދް ބިން ހަލީފާ އާލް ސާނީ މިސްކިތެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ އެ މިސްކިތްތަކުގައި ވަރަށް ބޮޑެތި މަރާމާތުތަކެއް ކުރަން އެބަހުރި ކަމަށެވެ. އަދި އެ މިސްކިތްތަކުގައި ހުރި ދަތިތަކާއި ގުޅޭގޮތުން އާންމުންގެ ފަރާތުން ޝަކުވާ ލިބެމުންދާ ކަމަށެވެ.

އެންމެ ބޮޑު މަރާމާތަކަށް ފުރުގާން މިސްކިތާއި ޝަހީދު އަލީ މިސްކިތުގައި ކުރަން ހުރީ ޝީޓުގައި ވަނީ ރެނދުލާފއިވާ ތަންތަން ހެދުމެވެ. އަދި ހަމަދު ބިން ހަލީފާ އަލް ސާނީ މިސްކިތަށް ފެން ލީކުވާ މައްސަލަ އެވެ.

މި ރަސްމިއްޔާތުގައި މިނިސްޓަރު ޑރ ޒާހިރު ވިދާޅުވީ އެ މިނިސްޓްރީން އުންމީދު ކުރަނީ ތިން މިސްކިތުގެ މަރާމާތުތައް އަންނަ ރޯދަ މަހުގެ ކުރިން ނިންމާލާނެ ކަމަށެވެ. މިނިސްޓަރު ވިދާޅުވީ މި މިސްކިތްތަކުގައި ވަގުތުން ވަގުތަށް ކުރަން ޖެހިފައި ހުރި މަރާމާތުތަކެއްވެސް އެބަ ހުރި ކަމަށެވެ.

މި ރަސްމިއްޔާތުގައި ސެކްރެޓަރީ ޖެނެރަލް ޝަރީފު ވިދާޅުވީ މި މަސައްކަތްތައް ކުރާއިރު އެއްވެސް މިސްކިތެއް ބަންދު ނުކުރާނެ ކަމަށެވެ. އަދި ރޯދައިގެ ކުރިޔަށް މަަސައްކަތް ނިންމޭތޯ މަސައްކަތް ކުރާނެ ކަމަށް ވިދާޅުވި އެވެ.

ސިޓީ ކައުންސިލުން ބުނީ މިއަދު ހަވާލު ކުރި އެއް މިލިއަން ރުފިޔާގެ ބަޖެޓުން ތިން މިސްކިތްތައް މަރާމާތު ކުރުމަށް ފަހު ބާކީވެއްޖެ ނަމަ އެހެން މިސްކިތްތައް މަރާމާތު ކުރުމަށްވެސް ބޭނުން ކުރާނެ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް