މުލީ ހޮސްޕިޓަލް އޮޕަރޭޝަން ތިއޭޓަރުގައި ދެ ޑޮކްޓަރުން މާރާމާރީ ހިންގައިފި

މ. މުލީ އަތޮޅު ހޮސްޕިޓަލްގެ އޮޕަރޭޝަން ތިއޭޓަރު ތެރޭގައި އެ ހޮސްޕިޓަލްގައި މަސައްކަތް ކުރާ ދެ ޑޮކްޓަރަކު މާރާމާރީ ހިންގައިފި އެވެ. މި މާރާމާރީގައި ދެމީހުންނަށް އަނިޔާވެފައިވެ އެވެ. އާންމުވެފައިވާ ފޮޓޯ...

05 Mar 2020 | 08:05

މ. މުލީ އަތޮޅު ހޮސްޕިޓަލްގެ އޮޕަރޭޝަން ތިއޭޓަރު ތެރޭގައި އެ ހޮސްޕިޓަލްގައި މަސައްކަތް ކުރާ ދެ ޑޮކްޓަރަކު މާރާމާރީ ހިންގައިފި އެވެ.

މި މާރާމާރީގައި ދެމީހުންނަށް އަނިޔާވެފައިވެ އެވެ. އާންމުވެފައިވާ ފޮޓޯތަކުން ފެންނަ ގޮތުގައި ދެމީހުންގެ ނޭފަތުންނާއި މޫނުގެ އެކި ތަންތަނުން ލޭ ފައިބައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެއީ އިންޑިއާ އާއި ނޭޕާލްގެ ދެ ޑޮކްޓަރުންނެވެ.

މިކަމާ ގުޅިގެން ފުލުހުން ބުނީ އެ މާރާމާރީގެ މައްސަލަ ރިޕޯޓު ކުރީ މިއަދު ހެނދުނު 9:45 ހާއިރު ކަމަށެވެ. އާންމުވެފައިވާ ފޮޓޯތަކުން އޭގެތެރެއިން ޑޮކްޓަރަކު ފުލުހުން ވެހިކަލަކަށް އަރުވާތަން ފެނެ އެވެ. އެކަމަކު އެމީހުން ފުލުހުންގެ އިދާރާއަށް ހާޒިރު ކުރި ކަމެއް ނުވަތަ އެމީހުން ހައްޔަރު ކުރި ކަމެއް ފުލުހުން ހާމައެއް ނުކުރެ އެވެ.

މި މާރާމާރީ ހިންގަން މެދުވެރިވި ސަބަބެއްވެސް އަދި ނޭނގެ އެވެ.

ފުލުހުން ބުނީ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް