ގަލޮޅު އުތުރު ދާއިރާގެ ގޮނޑި އެމްޑީޕީއަށް ކަށަވަރު ވެއްޖެ

ލޯކަލް ކައުންސިލް އިންތިހާބުގައި މާލޭސިޓީ ގަލޮޅު އުތުރު ދާއިރާގެ ގޮނޑިއަށް ވާދަކުރެއްވި މުހައްމަދު ސައިފު އިންތިހާބަކަށް ނުގޮސް އެ ގޮނޑި ކާމިޔާބު ކުރައްވާފިއެވެ. ސައިފް އަށް މި ގޮނޑި ކަށަވަރުވެފައިވަނ...

05 Mar 2020 | 04:03

ލޯކަލް ކައުންސިލް އިންތިހާބުގައި މާލޭސިޓީ ގަލޮޅު އުތުރު ދާއިރާގެ ގޮނޑިއަށް ވާދަކުރެއްވި މުހައްމަދު ސައިފު އިންތިހާބަކަށް ނުގޮސް އެ ގޮނޑި ކާމިޔާބު ކުރައްވާފިއެވެ.

ސައިފް އަށް މި ގޮނޑި ކަށަވަރުވެފައިވަނީ އެހެން ބޭފުޅަކު އެ ގޮނޑިއަށް ވާދަކުރައްވާފައި ނުވާތީއެވެ. މާލެ ސިޓީ ކައުންސިލްގެ ކެންޑިޑޭޓުންގެ މެދުގައި ނެގި ގުރުއަތު ލުމުގެ ތެރެއިން އިލެކްޝަންސް ކޮމިޝަނުން ވަނީ މިކަން އިއުލާނު ކޮށްފައެވެ.

މާލެ ސިޓީ ކައުންސިލްގެ ގޮނޑިއެއް އެމްޑީޕީއަށް ކަށަވަރު ވުމުގެ އިތުރުން މާލެ ސިޓީ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީންވެސް 10 ގޮނޑިއެއް އެމްޑީޕީއަށް ވަނީ ކަށަވަރުވެފައެވެ.

އަދި މީގެ އިތުރުން އއެމްޑީޕީއިން ވަނީ އައްޑޫ ސިޓީގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ ތިން ގޮނޑިއެއްވެސް ކާމިޔާބު ކޮށްފައެވެ.

މި ގޮނޑިތަކުގެ އިތުރަށް ކައުންސިލް އިންތިހާބުގެ އިތުރު 13 ގޮނޑިއެއް އެމްޑީޕީއަށް ވަނީ ކަށަވަރުވެފައެވެ. އިލެކްޝަން ކޮމިޝަނުން ބުނެފައިވަނީ މިހާތަނަށް ގޮނޑި ކަށަވަރުވެފައި ވަނީ،އަމިއްލަ ގޮތުން ކުރިމަތިލީ ފަރާތްތަކަށް ދެ ގޮނޑި އަދި އެމްޑީޕީއަށް 13 ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް