ކޮރޯނާ ވައިރަސްގެ ބިރުވެރިކަން މުޅި ދުނިޔޭގައި އޮތް މިވަގުތު ސިއްހީ މާހިރުން އެންމެ ބޮޑަށް އިރުޝާދު ދެމުންދަނީ ވައިރަހުން ރައްކާތެރިވުމަށް ގިނަ ގިނައިން އަތް ދޮވުމަށެވެ.
އާންމުކޮށް ފެތުރޭ ގިނަ ބަލިތަކެއް ޖެހުން ފެށެނީ އަތުން ކަމަށް ވާތީ ގިނަ ގިނައިން ސެނަޓައިޒާ ބޭނުންކޮށްގެން ނުވަތަ ސައިބޯނި ލައިގެން އަތް ދޮވުމަކީ ސިއްހީ މާހިރުން ލަފާދޭ ގޮތެވެ. ކޮރޯނާ ވައިރަސްގެ ބިރުވެރިކަން ބޮޑުވެ ފާމަސީތަކަށް ބާރު ބޮޑުވެ ސެނެޓައިޒާ ހުސްވުމުގެ ބިރު ބައެއް ގައުމުތަކުގައި ވަނީ އުފެދިފަ އެވެ.
އެފަދަ ހާލަތެއް ރާއްޖޭގައި އަދި ނެތް ނަމަވެސް އަމިއްލަ ގޭގައި ރައްކާތެރި ކަމުގެ ފިޔަވަޅު އަޅަން ކުރެވިދާނެ ކަންކަން އެނގުމަކީ މުހިންމު ކަމެކެވެ. އަދި ސައިބޯނި އާއި ސެނެޓައިޒާ ލައިގެން އަތް ދޮންނަންވީ މުހިންމު ވަގުތުތައް އެނގުމަކީ މުހިންމު ކަމެކެވެ.
ސައިބޯނި ލައިގެން އަތް ދޮންނަންވީ ވަގުތުތައް:
- ކާއެއްޗެހި ތައްޔާރުކޮށް އަދި ތައްޔާރުކޮށް ނިމުމުން
- ކާން ފެށުމުގެ ކުރިން
- ބަލި މީހަކަށް ކާއެއްޗެހި ގެންދިއުމުގެ ކުރިންނާއި ފަހުން
- ހަލާކުވެފައި ހުރި ތަނެއްގައި ބޭސް އަޅަން ޖެހިއްޖެ ނަމަ ބޭސް އަޅަން ފެށުމުގެ ކުރިންނާއި ބޭސް އަޅާ ނިންމުމަށް ފަހު
- ފާހާނާ އިން ނުކުތުމަށް ފަހު އަދި ކުދިންގެ ނެޕީ ބަދަލު ކުރުމަށްފަހު އަދި ކުޑަކުދިން ފެންވަރުވާ ހަދަން ފާހާނާއަށް ވަދެފައި ނުކުތުމަށް ފަހު
- ކެއްސާ، ކިނބިހި އެޅުމަށް ފަހު އަދި ނޭފަތް ފޮޅުމަށް ފަހު
- އުކާލެވޭ އެއްޗެހީގައި އަތް ލުމަށް ފަހު، ޖަނަވާރުގައި އަތް ލުމަށް ފަހު
- އަތް ހަޑިހެން ހީވާނަމަ އިރުކޮޅަކާއި އަތް ދޮވެލާ އަދި އަތުން ނުބައި ވަސް ދުވާނަމަ
ސެނެޓައިޒާއިން އަތް ދޮންނަންވީ ވަގުތުތައް:
- ގޭގެއަށް ނުވަތަ އެހެން މީހުންނާއި ބައްދަލުވުމަށް ފަހު ސެނެޓައިޒާ ލައިގެން އަތް ދޮންނަން ވާނެ
- ސެނެޓައިޒާ ބޭނުން ކުރުން ރަނގަޅީ ފެނާއި ސައިބޯނި ލައިގެން އަތް ދޮވެވެން ނެތް ނަމަ
- އަތް ހަޑިކޮށް ހުއްޓަ ސެނެޓައިޒާ ބޭނުން ކުރުން ރަނގަޅެއް ނޫން
- ސެނެޓައިޒާ ބޭނުން ކުރަން ވާނީ އަތް ރަނގަޅަށް ދޮވުމަށް ފަހު
ސައިބޯނި ލައިގެން ނުވަތަ ސެނެޓައިޒާ ބޭނުން ކޮށްގެން އަތް ދޮންނަ އިރު މުޅި އަތުގައި އުނގުޅޭތޯ ޔަގީން ކުރަން ވާނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް