ކައިވެނީގެ ދައުވަތު ކާޑުތަކެއް ބަރުކަމުން އިންޑިއާގެ އެއާޕޯޓަކުން ކެނޑިއިރު މަސްތުވާތަކެތި!

އިންޑިއާގެ ބެންގަލޫރުގެ އެއާޕޯޓަކުން އޮސްޓްރޭލިއާއަށް މާ މޮޅު ގޮތަކަށް މަސްތުވާތަކެތި އެތެރެ ކުރަން އުޅެނިކޮށް އަތުލައިގެންފި އެވެ. އަމިއްލަ ކުންފުންޏަކުން އެއާލައިނެއް މެދުވެރިކޮށް ފޮނުވަން އުޅުނު އެ...

05 Mar 2020 | 01:59

އިންޑިއާގެ ބެންގަލޫރުގެ އެއާޕޯޓަކުން އޮސްޓްރޭލިއާއަށް މާ މޮޅު ގޮތަކަށް މަސްތުވާތަކެތި އެތެރެ ކުރަން އުޅެނިކޮށް އަތުލައިގެންފި އެވެ.

އަމިއްލަ ކުންފުންޏަކުން އެއާލައިނެއް މެދުވެރިކޮށް ފޮނުވަން އުޅުނު އެ ޕާރުސަލް ކަސްޓަމްސް އޮފިސަރުންނަށް ކަނޑަން މަޖުބޫރުވީ ބޭރުގައި ޖަހާފައި އިން ނަމާއި އަދަދަށްވުރެ އާދަޔާ ހިލާފަށް އެ ޕާރުސަލް ބަރުކަމުންނެވެ. ޕާރުސަލްގެ ބޭރުގައި ޖަހާފައި އޮތީ އެތެރޭގައި ވަނީ43 ކައިވެނީގެ ދައުވަތު ކާޑު ކަމަށެވެ.

އެކަމަކު ކަރުދާހުން ހަދާފައިވާ ކާޑުތަކެއް އެހާ ބަރުވާން ޖެހޭ ސަބަބެއް ނެތުމުން އެންމެ ފަހުން ކަސްޓަމްސް އޮފިސަރުން އެ ކެނޑިއެވެ. ކެނޑިއިރު ކޮންމެ ދައުވަތު ކާޑެއް ވަކިންވެސް އިނީ ހަތަރެސްކަން ހަނި ފޮށްޓެއް ހެންނެވެ. އެ ކާޑު ހުޅުވަން ގޮށެއް އިނދެ އެވެ.

ބެންގަލޫރު އެއާޕޯޓު ކަސްޓަމްސް އިން ބުނެފައިވަނީ އެ ގޮށް ނައްޓާލާ ލުމުން ކާޑު ތެރޭގައި ހުރީ ކޯޗެއްތޯ ބެލުމަށް ޓެސްޓު ކުރުމުން މަސްތުވާތަކެއްޗަށް އެތަކެތި ޕޮސިޓީވްވެފައިވާ ކަމަށެވެ. އަދި43 ކާޑުގައި ޖުމްލަ ހުރި މަސްތުވާތަކެތީގެ އަގު ފަސް ކްރޯޑު ރުޕީސްއަށްވުރެ ގިނަ ކަމަށެވެ.

މިހާތަނަށް އެމައްސަލައިގަ ކުރި ތަހުގީގަށް އެނގިފައިވާ ގޮތުގައި އެ ކާޑުތަކަކީ ކައިވެންޏަކަށް ފޮނުވި ކާޑުތަކެއް ނޫނެވެ. އެއީ މަސްތުވާތަކެތި އޮސްޓްރޭލިއާއަށް އެތެރެ ކުރުމަށް ރޭވިގެން ހިންގާފައިވާ ކަމެކެވެ.

މި މައްސަލައިގަ ސުވާލު ކުރަމުންދަނީ އެ ޕާރުސަލް ފޮނުވަން ހަވާލުވި ކުންފުންޏާއި އެވެ. އިތުރު މީހަކު އަދި ހައްޔަރެއް ނުކުރެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް