ފިރިމީހާއަށް އެދުން ފުއްދައިނުދެވޭނަމަ ވަރިވޭ، ޓޯއީތަކާ ލަޓިބުރި ހޯދާކަށް ނުޖެހޭ: ޑރ. އިޔާޒް

ފިރިމީހާއަށް އަނބިމީހާގެ އެދުން ފުއްދައިނުދެވޭނަމަ އަނބިމީހާ އެ ފިރިއެއް ގާތުންވަރިވެ ހަލާލުގޮތުގައި އެހެން ކައިވެންޏެއް ކުރެވިދާނެ ކަމަށާއި ޓޯއީ ތަކާ ލަޓިބުރި ހޯދައިގެން ފިރިއެއްގެ މަގާމު ދިނުން އެއީ...

05 Feb 2021 | 17:52

ފިރިމީހާއަށް އަނބިމީހާގެ އެދުން ފުއްދައިނުދެވޭނަމަ އަނބިމީހާ އެ ފިރިއެއް ގާތުންވަރިވެ ހަލާލުގޮތުގައި އެހެން ކައިވެންޏެއް ކުރެވިދާނެ ކަމަށާއި ޓޯއީ ތަކާ ލަޓިބުރި ހޯދައިގެން ފިރިއެއްގެ މަގާމު ދިނުން އެއީ ރަނގަޅު ގޮތް ނޫންކަމުގައި މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. އިޔާޒް ވިދާޅުވެއްޖެއެވެ.

ޑރ. މުހައްމަދު އިޔާޒް އަބްދުއްލަތީފް މިހެން ވިދާޅުވީ އިސްލާމިކް ވައިބަރ ނޮލެޖް ގްރޫޕަށް މީހަކު ފޮނުވި ސުވާލަކަށް ޖަވާބުދެމުންނެވެ.

ސުވާލުގައި މީހަކު އަހާފައިވަނީ އަނބިމީހާ ކިތަންމެ ބޭނުންވިޔަސް ފިރިމީހާއަށް އެދުންވެރިކަން ނާންނަ ކަމަށާއި ރިސޯޓުގައި އުޅޭތީ ބައްދަލުވަނީވެސް ތިންމަހުން އެއްފަހަރު ހަ ދުވަހަށް ކަމަށެވެ. އެ ހާލަތުގައި ސެކްސް ޓޯއީސް ބޭނުން ކުރެވިދާނެތޯ ސުވާލުކޮށްފައިވެއެވެ.ފަރުވާކޮށްގެންވެސް ކުރިއެރުމެއް ނުލިބޭކަމަށްވެސް ބުނެފައިވެއެވެ.

ޑރ. އިޔާޒްގެ ޖަވާބުގައި ވިދާޅުވެފައިވަނީ ފިރިމީހާގެ ފަރާތުން ތިމާ އެދޭވަރަށް ޖިންސީ ގުޅުން ހިންގައި ނުދެވޭކަމަށް ވަނީނަމަ ވަރިވެގެން، ހަލާލު ގޮތުގައި އެހެން ފިރިޔަކާއެކު އެކަން ކުރާށެވެ.

ތަންތަނުން ޓޯއީސްތަކާ ލައްޓިބުރި ތައް ހޯދައިގެން ފިރިއެއްގެ މަގާމު ދިނުން އެއީ ރަނގަޅުގޮތެއް ނޫންކަމުގައި ޑރ. އިޔާޒް ވިދާޅުވެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް