ކޮވިޑަށް ރާއްޖޭގައި ދޭން ފަށާފައިވާ ކޮވިޝީލްޑް ވެކްސިން މިއަދުވެސް ހާހަކަށްވުރެ ގިނަ މީހުންނަށް ދީފިއެވެ.
އެގޮތުން ހެލްތު ޕްރޮޓެކްޝަން އޭޖެންސީން ހާމަކޮށްފައިވާގޮތުގައި މިއަދު 1003 މީހަކަށް ކޮވިޑް ވެކްސިން ދީފައިވެއެވެ. އެއީ މާލެ އޭރިއާގައި 787 މީހަކަށާއި އަތޮޅުތަކުގައި 216 މީހަކަށެވެ.
މިހާތަނަށް މި ވެކްސިން ދިން މީހުންގެ އަދަދު މިވަނީ 4269 އަށް އަރާފައެވެ. އެއީ މާލެ ސަރަހައްދުން 3573 މީހުންނަށް އަދި އަތޮޅުތަކުން 696 މީހަކަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް