ރާއްޖޭގައި ކޮވިޑް ޖެހިފައިވާ އެކްޓިވް ކޭސްތަކުގެ އަދަދު 2000 އިން މައްޗަށް ގޮސް، އެޑްމިޓްކޮށްގެން ފަރުވާ ދޭ މީހުންގެ އަދަދު 200 އާ ގާތްކޮށްފިއެވެ.
އެޗްޕީއޭއިން މިރޭ ހާމަކޮށްފައިވާ މައުލޫމާތަށް ބަލާއިރު ކޮވިޑްގެ އެކްޓިވް ކޭސްތަކުގެ އަދަދަކީ 2014 އެވެ. އެޑްމިޓްކޮށްގެން ފަރުވާ ދޭމީހުންގެ އަދަދަކީ 193 އެވެ.
އެކްޓިވް ކޭސްތަކާއި އެޑްމިޓް ކޮށްގެން ފަރުވާ ދޭ މީހުންގެ އަދަދު މިހާ މަތިވެފައިވާއިރު ރާއްޖެ މިހާރު މިއޮތީ ތިންވަނަ ރާޅެއްގެ ތެރޭގައި ކަމުގައި އެޗްއީއޯސީން ބުނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް