ޝަލަބީއަށް ފަހު މީރާގެ ނަމުގައި ޕޭޖެއް ހަދައިގެން މަރަކާ ހީލަތް ކުރިއަށް ! ދިވެހިންނޭ ސަމާލުވަމާ !

ޝަލަބީގެ ނަމުގައި "ޝަލަބީ ލައިވް ޤުރުއާން" ގެނަމުގައި ކުރިއަށްގެންދިޔަ ބޮޑު ސްކޭމެއްގެ ވާހަކަ ދުވަހުން މިއަދު ވާނީ ކިޔުންތެރިންނަށް ގެނެސްދީފައެވެ. މިހާރު އަނެއްކާ މިރެއިން ފެށިގެން މި ފެންނަނީ ލަވަކި...

05 Feb 2021 | 16:46

ޝަލަބީގެ ނަމުގައި "ޝަލަބީ ލައިވް ޤުރުއާން" ގެނަމުގައި ކުރިއަށްގެންދިޔަ ބޮޑު ސްކޭމެއްގެ ވާހަކަ ދުވަހުން މިއަދު ވާނީ ކިޔުންތެރިންނަށް ގެނެސްދީފައެވެ.

މިހާރު އަނެއްކާ މިރެއިން ފެށިގެން މި ފެންނަނީ ލަވަކިޔުންތެރިޔާ މީރާ މުހައްމަދު މާޖިދުގެ ނަމުގައި ހަމަ މިފަދަ ސްކޭމެއް ކުރިއަށްގެންދާ މަންޒަރެވެ. ނަމަވެސް މިފަހަރު ކުޑަކޮށް ތަފާތު ގޮތަކަށެވެ.

މިހާރު ލައިވްކޮށް ފެންނަމުންދާ ވީޑިއޯއިން ފެންނަނީ އެއް ފަޅީގައި މީރާ ލަވަކިޔާ މަންޒަރެވެ. އަނެއްފަޅީގައި ވަނީ "އެންމެ ފުރަތަމަ ފުރޭނީ ކޮން ފުޅިއެއްތޯ" ކުރެވޭ ސުވާލެއްގެ މައްޗަށް ބިނާވާ ޕަޒަލްއެކެވެ. ބުނެފައިވަނީ ފުޅީގެ ރަނގަޅު ނަމްބަރު ދިމާކޮށް ކޮމެންޓް ކުރާ ފަރާތްތަކުގެ ތެރެއިން 500 ފަރާތަކަށް 10 ހާސް ޑޮލަރު ލިބޭނެ ކަމަށެވެ.

ހިތާމައަކީ މި ޕޭޖުގެ މި ޕޯސްޓްވެސް ގިނަ ބަޔަކު ޝެއަރ ކުރަމުން އަންނަ ކަމެވެ. އެ ފައިސާ ލިބޭނެކަމަށް ކޮމެންޓްވެސް ކުރަމުން އަންނަ ކަމެވެ. މިހާރުވެސް އެތައް ބަޔަކު ކޮމެންޓް އެބަ ކުރެއެވެ. އެތައް އެތައް ގްރޫޕެއްގައި ޝެއަރ ކުރަމުން އެބަގެންދެއެވެ. ކުރިއަށް އެ ގެންދަނީ ލައިވް އެއް ނޫނެވެ. އެއީ މީރާ މީގެ ކުރިން ސޯޝަލް މީޑިއާއަށް ދޫކޮށްފައިވާ ވީޑިއޯއެކެވެ. އޭގައި މީރާ އޭނާގެ ފޭނުންނަށް ޢީދު މުބާރިކޭވެސް ބުނެއެވެ.

ނަމަވެސް މިއީ ތިބާގެ ކާޑުގެ މައުލޫމާތު ހޯދުމަށް ކޮންމެވެސް ބަޔަކު އަޑީގައި ތިބެގެން ކުރިއަށްގެންދާ ބޮޑު ސްކޭމެކެވެ. ސަމާލުވާށެވެ. މި މައުލޫމާތު އަދި މިއަދު ޝަލަބީގެ ޕޭޖާ ގުޅޭގޮތުންވެސް ގެނެސްދިން މައުލޫމާތު ވީހާވެސް ގިނަ ބަޔަކަށް ފޯރުކޮށްދެމާ ހިނގާށެވެ. އަދި ދިވެހިން މިފަދަ ސްކޭމްތަކަށް ތަބާ ނުވާ "ފޯލް ނުވާ" ހަރުދަނާ ޒިންމާދާރު ބަޔަކަށް ވަމާ ހިނގާށެވެ.

[contentcards url="https://dhuvas.mv/140205"]

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް