މަރުވެފައިވާ އޮންނަތާ ދެ ދުވަސްވެފައިވާ މީހަކު މާލޭގެ ގެއަކުން ފެނިއްޖެ އެވެ.
މަރުވެފައި އޮއްވަ ފެނިފައިވަނީ ބަންގްލަދޭޝް ރައްޔިތެއް ކަމަށް މީޑިއާގައި ރިޕޯޓުކޮށްފައިވެ އެވެ. ބައެއް މީޑިއާ ރިޕޯޓުތައް ބުނާގޮތުގައި އެމީހާ މަރުވެފައި އޮއްވަ ފެނުނީ ބިދޭސީންތަކެއް ދިރިއުޅޭ ގެއެއްގައި ކަމަށާއި އެމީހާ މަރުވެފައި އޮންނަތާ ދެ ދެ ދުވަސްވީ އިރުވެސް އެ ގޭގައި އުޅުނު ބިދޭސީންނަށް އެކަން ނޭނގުނު ސަބަބެއް ނޭނގެ އެވެ.
ފުލުހުން ބުނީ އައިޖީއެމްއެޗަށް ގެންދިޔަ އިރުވެސް ބިދޭސީ އަކު މަރުވެފައި އޮތް ކަމުގެ މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ. އެ މައްސަލަ ހުށަހެޅީ އިއްޔެ ހެނދުނު 11:00 ހާއިރު ކަމަށް ފުލުހުން ބުނެ އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މި ގޮތަށް ހޮސްޕިޓަލަށް ގެންދާއިރު މަރުވެފައި އޮންނަ މީހުން ކޯވިޑް-19 އަށް ޓެސްޓު ކުރާ އުސޫލުން އެމީހާ ޓެސްޓުކޮށްފައިވެ އެވެ. އަދި ނަތީޖާ ނެގެޓިވް ކަމަށްވެ އެވެ.
ފުލުހުން ބުނީ އެ މަރާއި ގުޅިގެން ޝައްކު ކުރެވޭ ކަމެއް ފާހަގަ ކުރެވިފައި ނުވާ ކަމަށެވެ.
އެކަމަކު އަދިވެސް އެމީހާގެ މަރާއި ގުޅިގެން މައުލޫމާތު ހޯދައި އިތުރަށް ބަލަން ޖެހޭ ކަންކަން ބަލަމުންދާ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް