ގދ. ތިނަދުއަށް ދިޔަ ސަރުކާރު ދެބޭފުޅަކު އެނބުރި މާލެ އައިފަހުން ޕޮޒިޓިވް ވުމާއިގުޅިގެން އެ ރަށުގައި އިއުލާނުކުރި މޮނީޓަރިން ހާލަތު އުވާލައިފިއެވެ.
މައުލޫމާތު ލިބިފައިވާގޮތުގައި އެ ހާލަތު އުވާލީ، އެ ދެބޭފުޅުންނާ ކޮންޓެކްޓްވި ފަރާތްތަކުގެ ކޮންޓެކްޓް ޓްރޭސިން ހެދުމަށްފަހު ނަގަންޖެހޭ ސާމްޕަލެއްވެސް ނެގުމަށްފަހު ނަތީޖާތަކަށްވެސް ބެލުމަށްފަހުގައެވެ.
ދުވަހަށް މައުލޫމާތުދެއްވަމުން އެ ރަށު ކައުންސިލްގެ ރައީސް އަލީ އަމްޖަދު ކުރިން ވިދާޅުވެފައިވަނީ މާލެ ދިޔަފަހުން ޕޮޒިޓިވް ވި ދެބޭފުޅުންނަކީ ޖެންޑާއާ ގުޅުންހުރި މައްސަލައެއްގައި އެ ރަށަށް ދިޔަ ދެބޭފުޅުން ކަމަށެވެ. އެ ދެބޭފުޅުން އެ ރަށުން މާލެ ދިޔައީ މިމަހުގެ އެކެއްގައި ކަމަށާއި ޕޮޒިޓިވްކަން އެނގުނީ މި މަހުގެ ތިނެއްގައި ކަމުގައިވެސް ކައުންސިލް ރައީސް ވިދާޅުވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް