ނިމްގެ ބަލި ރަނގަޅުވެ އެނބުރި ޓިކްޓޮކަށް!

ޓިކްޓޮކްގައި މަޝްހޫރު ދިވެއްސެއް ކަމަށްވާ ނިމްޝާ ޒާހިރު (ޓިކްޓޮކް ނިމް) ޓިކްޓޮކުން ބްރޭކެއް ނެގުމަށް ފަހު އެނބުރި އައިސް ވީޑިއޯ އަޕްލޯޑު ކުރަން ފަށައިފި އެވެ. ނިމް ބަލިވެ އުޅޭކަން މީޑިއާގައި ހާމަވީ އޭ...

05 Feb 2021 | 12:29

ޓިކްޓޮކްގައި މަޝްހޫރު ދިވެއްސެއް ކަމަށްވާ ނިމްޝާ ޒާހިރު (ޓިކްޓޮކް ނިމް) ޓިކްޓޮކުން ބްރޭކެއް ނެގުމަށް ފަހު އެނބުރި އައިސް ވީޑިއޯ އަޕްލޯޑު ކުރަން ފަށައިފި އެވެ.

ނިމް ބަލިވެ އުޅޭކަން މީޑިއާގައި ހާމަވީ އޭނާ އަދާކުރަމުން ދިޔަ ގައުމީ އެއާލައިން މޯލްޑިވިއަންގެ ކެބިން ކުރޫގެ ވަޒީފާއިން ވަކިކޮށްފި ކަމަށް ބުނެ ދެކެވުނު ވާހަކަތާއި ގުޅޭގޮތުން މީޑިއާގައި އޭނާ ދެއްކި ވާހަކަ އެއްގެ ތެރެއިންނެވެ. ނިން ބުނެފައިވަނީ މޯލްޑިވިއަންގެ ވަޒީފާއިން އޭނާ އަމިއްލައަށް ވަކިވީ ކަމަށެވެ.

ވަޒީފާއިން ވަކިވި ސަބަބާއި ގުޅޭގޮތުން މީޑީއާގައި ބުނީ ބަލިހާލަތު ހުރިގޮތުންނާއި އެހެން ވަޒީފާގެ ފުރުސަތުތައް ލިބޭތީ ކެބިން ކްރޫގެ ވަޒީފާއިން ވަކިވީ ކަމަށެވެ. ނިމް ބުނެފައިވާ ގޮތުގައި އޭނާ މިދިޔަ މަހު ފަހުކޮޅު އެއްކޮށް އުޅުނީ ބަލިވެ އެވެ.

އަދި އިތުރު ފަރުވާއަށް ޓްރީ ޓޮޕް ހޮސްޕިޓަލްގައި އެޑްމިޓްވެގެން ފަރުވާ ހޯދާފައިވެ އެވެ. ޓިކްޓޮކްގައި ހަރަކާތްތެރި އަދި ގިނަ ބައެއްގެ ސަޕޯޓު ހޯދަމުން އަންނަ ނިމް ބުނެފައިވަނީ ބަލި ރަނގަޅުވިހާ އަވަހަކަށް ވީޑިއޯތައް ލާން ފަށާނެ ކަމަށެވެ.

ނިން ވީ ވައުދާއި އެއްގޮތަށް ބަލިން ރަނގަޅުވުމާއި އެކު މީގެ ހަތަރު ދުވަސް ކުރިން ވަނީ ފުރަތަމަ ވީޑިއޯ ޓިކްޓޮކްގައި އާންމުކޮށްފައި އެވެ. އެ ވީޑިއޯގައި ނިމް ދިގު އިސްތަށިގަނޑެއް ޖަހައިގެން ހުރި އިރު ލައިގެން ހުރީ ގަދަ ފެހި ކުލައިގެ ހެދުމެެވެ. ވީޑިއޯގައި ކިޔަނީ ހިންދީ ލަވައެކެވެ.

ބަލިވުމުގެ ކުރިން އެންމެ ފަހުން ޓިކްޓޮކަށް ވީޑިއޯއެއް ލާފައި ވަނީ މިދިޔަ މަހުގެ 17 ވަނަ ދުވަހު އެވެ.

https://www.tiktok.com/@nemsha/video/6924035168374230274?lang=en&is_copy_url=1&is_from_webapp=v1

މީގެ އިތުރުން ރިޕޯޓުތައް ބުނާގޮތުގައި ނިމް ވަނީ ޒުމްބާ އާއި ނަށަން ދަސްކޮށްދިނުމަށް ހާއްސަކޮށް "ޑައިނާސްޓީ ޑާންސް އެކަޑަމީ" އުފައްދާފައި އެވެ. މި އެކަޑަމީން ބޮޑެތި މީހުންނަށް ނަށަން ދަސްކޮށްދޭނީ 1،000 ރުފިޔާއަށެވެ. ކުޑަކުދިންނަށް 500 ރުފިޔާއެވެ.

ޓިކްޓޮކްގައި 53 ހާހަށްވުރެ ގިނަ މީހުން ނިމްޝާ ފޮލޯ ކުރެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް