ހުކުރު ދުވަހާ ހުކުރު ވިލޭރޭ ކަހަފް ސޫރަތް ނުކިޔަވާ ދޫކޮށް ނުލާތި

ހުކުރު ދުވަހު ނުވަތަ ހުކުރުވިލޭރޭ ކަހްފު ސޫރަތް ކިޔެވުމަކީ މަތިވެރި ސުންނަތެކެވެ. މާތް ނަބިއްޔާ صلى الله عليه وسلم ޙަދީޘްފުޅު ކުރައްވާފައިވެއެވެ. ((مَنْ قَرَأَ سُورَةَ الْكَهْفِ يَوْمِ الْجُمُعَةِ أَض...

05 Feb 2021 | 08:27

ހުކުރު ދުވަހު ނުވަތަ ހުކުރުވިލޭރޭ ކަހްފު ސޫރަތް ކިޔެވުމަކީ މަތިވެރި ސުންނަތެކެވެ.

މާތް ނަބިއްޔާ صلى الله عليه وسلم ޙަދީޘްފުޅު ކުރައްވާފައިވެއެވެ.

((مَنْ قَرَأَ سُورَةَ الْكَهْفِ يَوْمِ الْجُمُعَةِ أَضَاءَ لَهُ مِنَ النُّورِ مَا بَيْنَ الْجُمُعَتَيْنِ))

މާނައީ: “ހުކުރު ދުވަހުގެ ކަހްފު ސޫރަތް ކިޔަވައިފި މީހާއަށް ދެން ޖެހިގެން އަންނަ ހުކުރާއި ހަމައަށް އަލިކޮށްދެނިވި ނޫރެއް ލެއްވިގެންވެއެވެ.”

އަދިވެސް އެހެން ޙަދީޘްފުޅެއްގައި ވެއެވެ.

((من قرأ سورة الكهف يوم الجمعة أضاء له من النور ما بينه وبين البيت العتيق))

މާނައީ: “ހުކުރު ދުވަހު ކަހްފު ސޫރަތް ކިޔަވައިފި މީހަކަށް، ﷲ ތަޢާލާ އެމީހަކާއި ކަޢުބަތުﷲ ގެފުޅާ ދެމެދު ނޫރަކުން އަލިކޮށްދެއްވާނެއެވެ.”

އެހެންކަމުން މި މަތިވެރިކަމާއި ހެޔޮކަން ހާސިލުކުރުމަށް ހުކުރުވިލޭރޭ ނުވަތަ ހުކުރު ދުވަހުގެ ކަހްފު ސޫރަތް ކިޔެވުމަށް އާދަކުރަމާ ހިނގާށެވެ. އަދި ހުކުރުދުވަހު ދުޢާކުރުން ގިނަކޮށް އެދުވަހުގެ ހެޔޮކަން ފުރިހަމަ ގޮތުގައި ލިބިގަންނަ ބައެއްކަމުގައި އަޅުގަނޑުމެން ވާން މަސައްކަތް ކުރަމާ ހިނގާށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް