އަވަހަށް ހުކުރަށް ދާންވީ ކީއްވެކަން އެނގޭތަ

ސަލާމާއި ޞަލަވާތް ލެއްވި ކައު އިތުރު މާތް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވާފައި ވެއެވެ. إِذَا كَانَ يَوْمُ الجُمُعَةِ وَقَفَتِ المَلاَئِكَةُ عَلَى بَابِ المَسْجِدِ يَكْتُبُونَ الأَو...

05 Feb 2021 | 08:18

ސަލާމާއި ޞަލަވާތް ލެއްވި ކައު އިތުރު މާތް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވާފައި ވެއެވެ.

إِذَا كَانَ يَوْمُ الجُمُعَةِ وَقَفَتِ المَلاَئِكَةُ عَلَى بَابِ المَسْجِدِ يَكْتُبُونَ الأَوَّلَ فَالأَوَّلَ ، وَمَثَلُ المُهَجِّرِ كَمَثَلِ الَّذِي يُهْدِي بَدَنَةً ، ثُمَّ كَالَّذِي يُهْدِي بَقَرَةً ، ثُمَّ كَبْشًا ، ثُمَّ دَجَاجَةً ، ثُمَّ بَيْضَةً ، فَإِذَا خَرَجَ الإِمَامُ طَوَوْا صُحُفَهُمْ ، وَيَسْتَمِعُونَ الذِّكْرَ

މާނައީ “ ހުކުރު ދުވަހު މަލާއިކަތުން މިސްކިތުގެ ދޮރުމަތީ ތިއްބަވާނެއެވެ. އަދު ހުކުރަށް އަންނަ މީހުން އެމީހުން އަންނަ ތަރުތީބުން ލިޔުއްވަވާނެއެވެ. ހުކުރަށް ކުރިން އަންނަ މީހާ ( އެބަހީ ފުރަތަމަ ސާޢަތުގައި އަންނަ މީހާ ) މާތް ﷲ އަށްޓަކައި ޖަމަލެއް ޤުރުބާންކުރިފަދައެވެ. ދެން އަންނަ މީހާ ( އެބަހީ ދެވަނަ ސާޢަތުގައި އަންނަ މީހާ ) މާތް ﷲ އަށްޓަކައި ގެރިއެއް ޤުރުބާންކުރިފަދައެވެ. ދެން އަންނަ މީހާ ( އެބަހީ ތިންވަނަ ސާޢަތުގައި އަންނަ މީހާ ) މާތް ﷲ އަށްޓަކައި ބަކަރިއެއް ޤުރުބާންކުރިފަދައެވެ. ދެން އަންނަ މީހާ ( އެބަހީ ހަތަރުވަނަ ސާޢަތުގައި އަންނަ މީހާ ) މާތް ﷲ އަށްޓަކައި ކުކުޅެއް ޤުރުބާން ކުރި ފަދައެވެ. ދެން އަންނަ މީހާ ( އެބަހީ ފަސްވަނަ ސާޢަތުގައި އަންނަ މީހާ ) މާތް ﷲ އަށްޓަކައި ކުކުޅު ބިހެއް ޞަދަޤާތްކުރި ފަދައެވެ. ފަހެ އިމާމު މީހާ މިންބަރަށް އަރާވަޑައިގަތުމުން ( މަލާއިކަތް ބޭކަލުން ) އެބޭކަލުންގެ ފަތްތައް ލައްޕަވާލައްވައި ޚުތުބާ އަޑުއެއްސެވުމަށް ތިއްބަވާނެއެވެ."

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް