ކާޅެއް ކޯކު ބޯ ވީޑިއޯއެއް އާންމުވެއްޖެ

ސޯޝަލް މީޑިއާގައި ކާޅެއް ފުޅިއަކުން ފެންބޯ ވީޑިއޯ އާންމުވެފައި ވަނިކޮށް މިފަހަރު އާންމުވެފައި މިވަނީ ކާޅެއް ކޯކު ބޯ ވީޑީއޯއެކެވެ. މި ވީޑިއޯއިން ފެނިގެންދަނީ ބިންމައްޗަށް އެއްލާލާފައިވާ ކޯކު ފުޅިއެއްގަ...

05 Jan 2021 | 15:56

ސޯޝަލް މީޑިއާގައި ކާޅެއް ފުޅިއަކުން ފެންބޯ ވީޑިއޯ އާންމުވެފައި ވަނިކޮށް މިފަހަރު އާންމުވެފައި މިވަނީ ކާޅެއް ކޯކު ބޯ ވީޑީއޯއެކެވެ.

މި ވީޑިއޯއިން ފެނިގެންދަނީ ބިންމައްޗަށް އެއްލާލާފައިވާ ކޯކު ފުޅިއެއްގައި މަދު ކޯކު ކޮޅެއް ހުއްޓައެވެ. އަދި ކާޅެއް އެތަނަށް ތިރިކޮށްގެން އެ ފުޅިން ކޯކު ބޯން މަސައްކަތް ކުރަމުންދާ މަންޒަރެވެ.

ދެން ފެނިގެންދަނީ ކާޅު ކޯކު ބޮމުންދާ މަންޒަރު ވީޑީއޯ ކުރުމަށްޓަކައި ފޮޓޯގްރަފަ އެތަނުގައި މަޑުކުރުމުން ކާޅު އަވަހަށް އުދުއްސައިގަންނަ މަންޒަރެވެ.

އާންމުވެފައިވާ މި ވީޑިއޯއަކީ ދިވެހިރާއްޖޭގައި ދިވެއްސަކު ނަގާފައިވާ ވީޑިއޯއެއް ކަމަށްވެއެވެ. ކާޅަކީ ވަރަށް ވިސްނުންތޫނު ދޫންޏެކެވެ.

މީގެ އިތުރުން ކާޅަކީ ރާއްޖޭގެ ޤަޢުމީ ދޫނީގެ ގޮތުގައި ބަލައިގަނެފައިވާ ދޫންޏެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް