ގދ. އަތޮޅު މަދަރުސާގެ އޮފީސް އިމާރާތް ކުރުމަށް އަފާމީ މޯލްޑިވްސް އާ ޙަވާލުކޮށްފި

ގދ. އަތޮޅު މަދަރުސާގެ އޮފީސް އިމާރާތް ކުރުމަށް އަފާމީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާ ޙަވާލުކޮށްފި އެވެ. އެޑިއުކޭޝަން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ފަރާތުން ސޮ...

05 Jan 2021 | 14:42

ގދ. އަތޮޅު މަދަރުސާގެ އޮފީސް އިމާރާތް ކުރުމަށް އަފާމީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާ ޙަވާލުކޮށްފި އެވެ.

އެޑިއުކޭޝަން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ފަރާތުން ސޮއި ކުރެއްވީ ސްޓޭޓް މިނިސްޓަރ އަހުމަދު ރިޔާޒް އެވެ. އަފާމީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ފަރާތުން ސޮއި ކުރެއްވީ މެނޭޖިންގ ޑިރެކްޓަރ އަމީން މުހައްމަދު އެވެ.

240 ދުވަގުގެ ތެރޭގައި ނިންމުމަށް މި މަސައްކަތް އެ ކުންފުންޏާ ޙަވާލުކޮށްފައިވަނީ 4،780،079.77 (ހަތަރު މިލިއަން ހަތްލައްކަ ފަންސާސް އަށްހާސް ހަތްދިހަ ނުވަ ރުފިޔާ ހަތްދިހަ ލާރި) އަށެވެ.

މިއީ PSIP 2020 ގެ ދަށުން ކުރިއަށް ގެންދެވޭ މަޝްރޫއެއް ކަމަށާއި އުންމީދު ކުރަނީ މި މަސައްކަތް މިއަހަރުގެ ސެޕްޓެމްބަރުމަހަށް މަސައްކަތް ނިންމުންކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް