ޔޫރަޕިއަން ޔޫނިއަން (އީޔޫ) އާއި ވަރލްޑް ހެލްތް އޯގަނައިޒޭޝަން (ޑަބްލިއުއެޗްއޯ) ގުޅިގެން ރާއްޖެއަށް އެއްމިލިއަން ޔޫރޯގެ އެހީ ދީފި އެވެ.
ގާތްގަޑަކަށް ނަވާރަ މިލިއަން ރުފިޔާގެ މިއެހީ އަކީ ކޮވިޑް19 އިން ރައްކާތެރިވުމަށް ރާއްޖެއިން ކުރާ މަސައްކަތަށް އެހީވުމުގެ ދިން އެހީ އެކެވެ.
މި އެހީގެ ދަށުން ރާއްޖެއިން މި ބައްޔާ ދެކޮޅަށް ކުރާ މަސައްކަތަށް ބޭނުންވާ ބޭހާއި، ހުޅުމާލޭ މެޑިކަލް ފެސިލިޓީ އަދި ރީޖަނަލް ކޮވިޑް ފެސިލިޓީތަކަށް ބޭނުންވާ އިކުއިޕްމަންޓާއި، އާރްއާރްޓީގެ މަސައްކަތްތައް ހަލުވި ކުރުމަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށް ވަނީ ނިންމާފަ އެވެ.
އީޔޫ/ޑަބްލިއުއެޗްއޯ އިން ނެރުނު ބަޔާނުގައި ވަނީ ބުނެފައި ވަނީ ރީޖަނަލް އައިސީޔޫއެއް ގާއިމްކޮށް ކޮވިޑް19 ބަލިމީހުންނަށް ބޭނުންވާ ފަރުވާ ދިނުން އަވަސްވެ، އައިސޮލޭޝަނަށް އަދި އައިސީޔޫއަށް ގެންދާ ބަލިމީހުންނަށްދޭ ޚިދުމަތް ހަރުދަނާ ކުރެވޭނެ ކަމަށެވެ.
ޑަބްލިއުއެޗްއޯއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ އެކްޓިންގ ރެޕްރެޒެންޓޭޓިވް ޑރ. ސުޝިލް ދޭވް ވިދާޅުވީ އީޔޫ އިން ރާއްޖެއަށް ދިން އެހީ އަކީ މިވަގުތަށް މުހިއްމު ބޭނުންތެރި އެހީއެއް ކަމަށެވެ. އަދި ޑަބްލިއުއެޗްއޯ މެދުވެރިކޮށް ދިން މި އެހީއާއެކު ކޭސްތައް އިތުރުވެއްޖެ ހާލަތެއްގައިވެސް ބަލިމީހުންނަށް ފަރުވާދޭނެ އިތުރު އިންތިޒާމުތައް ގާއިމް ކުރެވޭނެ ކަމަށެވެ.
ހެލްތު މިނިސްޓަރު އަހުމަދު ނަސީމް ވަނީ ޑަބްލިއުއެޗްއޯ އިން އަދި އީޔޫ އިން ރާއްޖެއަށް ދެމުންދާ އެހީތެރިކަމަށް ޝުކުރު އަދާކުރައްވާފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް