އަންނަ މަހު ހަތަރެއްގައި މަޖިލީސް ހުޅުވާތީ އެ ދުވަހު ސަރުކާރު ބަންދު

އަންނަ މަހުގެ ހަތަރު ވަނަ ދުވަހަކީ ރައްޔިތުންގެ މަޖިލީސް މިއަހަރަށް ހުޅުވާ ދުވަހަށްވަތީ އެ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ކަނޑައަޅައިފި އެވެ. ރައީސް އޮފީހުން ބުނީ ރައީސުލްޖުމްހޫރިއްޔާ ރި...

05 Jan 2021 | 11:44

އަންނަ މަހުގެ ހަތަރު ވަނަ ދުވަހަކީ ރައްޔިތުންގެ މަޖިލީސް މިއަހަރަށް ހުޅުވާ ދުވަހަށްވަތީ އެ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ކަނޑައަޅައިފި އެވެ.

ރައީސް އޮފީހުން ބުނީ ރައީސުލްޖުމްހޫރިއްޔާ ރިޔާސީ ބަޔާން އިއްވާ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ކުރިިންސުރެ ކަނޑައަޅަމުން އަންނަ ކަމަށެވެ.

ރައްޔިތުންގެ މަޖިލީސް އާ އަހަރަށް ފަށާއި ޖަލްސާގައި އެ އަހަރު ކުރުމަށް ރާވާފައި ކަންކަމާއި ގުޅޭގޮތުން ރައީސް ރިޔާސީ ބަޔާނެއް ދެއްވާނެ އެވެ.

މިއަހަރުގެ ފެބްރުއަރީ ހަތަރު ވަނަ ދުވަސް ދިމާވަނީ ބުރާސްފަތި ދުވަހަކާއި އެވެ.

ރިޔާސީ ބަޔާން އިއްވާ މި ޖަލްސާ އާންމުކޮށް ބާއްވަނީ ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި އެވެ. އެކަމަކު ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ސިޔާސީ ކޯތުން ވަރުގަދަވެފައިވާތީ މަޖިލީހުގެ ތަޅުމުގައި އެ ޖަލްސާ ބޭއްވުމުގެ ބަދަލުގައި ދަރުބާރުގޭގައި ބާއްވާފައިވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް