ޓެރަރިސްޓް ޖަމާއަތްތަކުގެ ލިސްޓަށް ބަދަލު ނުގެންނަން ނިންމައިފި

ޓެރަރިޒަމްގެ ގާނޫނުގެ ދަށުން ކަނޑައަޅާފައިވާ ޓެރަރިސްޓް ޖަމާއަތްތަކުގެ ލިސްޓަށް އުނި އިތުރު ނުގެންނަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނިންމަވައިފި އެވެ. ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ ދަށުން ޓެ...

05 Jan 2021 | 11:19

ޓެރަރިޒަމްގެ ގާނޫނުގެ ދަށުން ކަނޑައަޅާފައިވާ ޓެރަރިސްޓް ޖަމާއަތްތަކުގެ ލިސްޓަށް އުނި އިތުރު ނުގެންނަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނިންމަވައިފި އެވެ.

ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ ދަށުން ޓެރަރިސްޓް ޖަމާއަތްތަކާއި ހަނގުރާމަވެރި ސަރަހައްދުތަކުގެ ލިސްޓެއް ރައީސް ކަނޑައެޅުމަށް ފަހު ކޮންމެ އަހަރަކު އެއްފަހަރު އެ ލިސްޓު މުރާޖާ ކުރަން ޖެހޭނެ އެވެ. ރައީސް އެންމެ ފަހުން އާންމު ކުރެއްވި ލިސްޓުގައި ޓެރަރިސްޓް ޖަމާއަތްތަކުގެ ގޮތުގައި 19 ޖަމާއަތެއް ކަނޑައަޅާފައިވާއިރު ހަނގުރާމަވެރި ސަރަހައްދެއްގެ ގޮތުގައި އެ ލިސްޓުގައި އޮތީ ސީރިއާ އެކަންޏެވެ.

ރައީސް އޮފީހުން ބުނީ އެ ލިސްޓަށް އެއްވެސް ބަދަލެއް ނުގެންނަން ރައީސް ނިންމަވާފައިވާ ކަމަށެވެ. އެގޮތަށް ނިންމެވީ ގައުމީ ސަލާމަތާ ބެހޭ މަޖިލީހުން ރައީސަށް އެގޮތަށް ލަފާ އެރުވުމުން ކަމަށް ރައީސް އޮފީހުން ބުންޏެވެ.

ޓެރަރިޒަމް މަނާ ކުރުމުގެ ގާނޫނުގެ ދަށުން ރައީސް ކަނޑައަޅާފައިވާ ލިސްޓުގައި ހިމެނޭ ޖަމާއަތަކާއި ގުޅި ނުވަތަ ސީރިއާއަށް ގޮސްފި ނަމަ ފަސް އަހަރާއި ހަތް އަހަރާއި ދެމެދުގެ މުއްދަތަކަށް ޖަލަށް ލާނެ އެވެ. އަދި މިލިސްޓުގައި ހިމެނޭ ޖަމާއަތަކަށް އެހީތެރިވުން ނުވަތަ ހިތްވަރު ދިނުމާއި ތާއީދު ކުރާކަން ހާމަ ކުރުމަކީ ވެސް ޓެރަރިޒަމްގެ ގާނޫނުގެ ދަށުން ކުށެކެވެ.

މި ލިސްޓު އެންމެ ފުރަތަމަ އެކުލަވާލީ 2019 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް