ކައިމޫ ހޮޓެލްސްއަށް ހޮޓެލް ރެސިލިއެންޓްގެ ގޯލްޑް ސެޓްފިކެޓް ލިބިއްޖެ

ޓޫރިޒަމް ދާއިރާގައި ހަރަކާތްތެރިވާ ދިވެހި ކުންފުންޏެއް ކަމަށްވާ ކައިމޫ ހޮޓެލްސްއަށް ކޯވިޑް ސޭފްޓީގެ ގޯލްޑް ސެޓްފިކެޓް ލިބިއްޖެ އެވެ. މި ސެޓްފިކެޓް އެެ ކުންފުންޏަށް ދީފައިވަނީ ބައިނަލް އަގުވާމީ ޖަމިއްޔ...

05 Jan 2021 | 11:00

ޓޫރިޒަމް ދާއިރާގައި ހަރަކާތްތެރިވާ ދިވެހި ކުންފުންޏެއް ކަމަށްވާ ކައިމޫ ހޮޓެލްސްއަށް ކޯވިޑް ސޭފްޓީގެ ގޯލްޑް ސެޓްފިކެޓް ލިބިއްޖެ އެވެ.

މި ސެޓްފިކެޓް އެެ ކުންފުންޏަށް ދީފައިވަނީ ބައިނަލް އަގުވާމީ ޖަމިއްޔާއެއްކަމަށްވާ ހޮޓެލް ރެސިލިއެންޓް އިންނެވެ. އެ ޖަމިއްޔާ އަކީ ކުއްލި ނުރައްކަލުގެ ހާލަތުގައި ޓޫރިސްޓުންނަށް ހިދުމަތްދޭ ތަންތަނުގައި ސިއްހީ ރައްކާތެރިކަމާއި ސާފުތާރުކަމުގެ މިންގަނޑުތައް ކަށަވަރު ވެފައި ހުރީ ބައިނަލް އަގުވާމީ ފެންވަރުގައިތޯ ބަލާ ބައިނަލް އަގުވާމީ ޖަމިއްޔާއެކެވެ.

ކައިމޫ ހޮޓެލްސްއިން ރާއްޖޭގައި ހިންގާ ދެ ރިސޯޓާއި ހޮޓެލްއަށް މި ސެޓްފިކެޓް ލިބިފައިވެ އެވެ. އެއީ އެނބޫދޫ ވިލެޖު، ސަމާ އައިލެންޑް މޯލްޑިވްސް އަދި އައްޑޫ ސިޓީގައި ހިންގާ އީކުއޭޓާ ވިލެޖެވެ.

މި ސެޓްފިކެޓް އެ ކުންފުނީގެ ޓޫރިސްޓު ފެސިލިޓީތަކަށް ދީފައިވަނީ ކޯވިޑާއި ގުޅިގެން އަމަލު ކުރުމަށް ޕޮލިސީތައް އެކުލަވާލާފައިވާ ގޮތަށް ބަލައި އެ ޕޮލިސީތަކަށް އަމަލު ކުރާވަރު ބެލުމަށް ފަހު އެވެ. އަދި ޓޫރިސްޓުންނާއި މުވައްޒަފުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރާ މިންވަރާއި ކޯވިޑް ޖެހޭ މީހުންނާއި އަލާމާތްތައް ފެންނަ މީހުންނާއި މެދު އަމަލު ކުރާ ގޮތާއި އެ ފެސިލިޓީތަކުގައި އިޖްތިމާއީ ގައިދުރު ކަމާއި އެކު އުޅެވެން ހުރިވަރު އެ ޖަމިއްޔާއިން ދެނެގަތުމަށް ފަހު ކަމަށް ކައިމޫ ހޮޓެލްސްއިން ބުނެ އެވެ.

މި ސެޓްފިކެޓް ލިބުމާއި ގުޅިގެން އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މާނިހް އަހުމަދު ވިދާޅުވީ މި ސެޓްފިކެޓް އެ ކުންފުނީގެ ރިސޯޓުތަކާއި ގެސްޓު ހައުސްއަށް ލިބުމަކީ ލިބުނު ވަރަށް ބޮޑު އުފަލަކާއި ކުރިއެރުމެއް ކަމަށެވެ. އޭނާ ވިދާޅުވީ އެ ކުންފުނީގެ ހޮޓެލްސްތަކުގައި ޗުއްޓީ ހޭދަ ކުރުމަށް އަންނަ ޓޫރިސްޓުންނަށް މިހާރު އެއްވެސް ނުރައްކާތެރިކަމެއް ނެތްކަން ކަށަވަރުވާނެ ކަމަށެވެ.

ކޯވިޑް-19 އާއި ގުޅިގެން އެ ކުންފުނީގެ ހޮޓެލްސްތައް ބަންދު ކުރުމަށް ފަހު އަލުން ހުޅުވީ މިދިޔަ ސެޕްޓެމްބަރު މަހު އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް