މިސްރުގައި ހުންނަ ސްޕާއަކުން މަސާޖުކުރުމަށްޓަކައި ހަރުފަ ބޭނުންކުރަންފަށައިފިއެވެ.
މަސާޖުކުރުމަށް ބޭނުންކުރާ ހަރުފައަކީ ވިހަ ނޫން ވައްތަރެއްގެ ހަރުފައެއް ކަމުގައި ސްޕާއިން ބުނެއެވެ. އަދި އާންމުގޮތެއްގައި ހަރުފަ ބޭނުންކޮށްގެން ކުރާ މަސާޖު ދިގުދެމިގެންދަނީ 30 މިނެޓަށް ކަމަށްވެސް ސްޕާއިން ބުނެއެވެ.
އިޖިޕްޓްގެ މި ސްޕާގެ ވެރިޔާ ސޮފްވަތް ސިދްގީ ބުނެފައިވަނީ ހަރުފަ ބޭނުންކުރަން ފެށި ފަހުން ސްޕާގެ ޚިދުމަތްތައް ބޭނުން ކުރަމުންދާ ކަސްޓަމަރުންގެ އަދަދު ބޮޑުތަނުން އިތުވެފައިވާ ކަމަށެވެ. މީގެ އިތުރުން ސްނެކް މަސާޖް ނަންގަވާ ކަސްޓަމަރުންގެ ފަރާތުންވެސް ލިބެމުންދަނީ ވަރަށް ބޮޑަށް ހިތްހަމަ ޖެހޭފަދަ ކޮމެންޓްތަކެއް ކަމުގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް