ރާއްޖޭގެ ހުރިހާ ހިސާބަކަށް މިއަދު މޫސުން ގޯސްވާނެ ކަމަށް ލަފާކޮށްފި އެވެ.
މޫސުމާއި ބެހޭ ގައުމީ އިދާރާއިން ވަނީ ހއ. އަތޮޅުން ފެށިގެން އައްޑޫ ސިޓީ އާއި ދެމެދުގެ ހުރިހާ އަތޮޅަކަށް ވައިޓް އެލާޓު ނެރެފައި އެވެ. އެލާޓު ނެރެފައިވަނީ ހެނދުނު 9:15 ން މެންދުރު 1:00 އަށެވެ.
މެޓް އޮފީހުން ލަފާ ކުރާ ގޮތުގައި މި ވަގުތުތަކުގައި މުޅި ރާއްޖެއަށް ބޯކޮށް ވާރޭވެހި ބައެއް ސަރަހައްދުތަކަށް ގުގުރާނެ އެވެ. އަދި ވިލާގަނޑުގައި ގާތްގަނޑަކަށް 40 މޭލަށް ވައިގަދަވާނެ އެވެ.
އާންމު ގޮތެއްގައި ވައި ޖެހޭނެ ކަމަށް ލަފާކުރަނީ ދެކުނު އަތޮޅުތަކަށް ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދުގެ ބާރުމިނުގައި އެވެ. އަދި އެހެން ހިސާބުތަކަށް އިރާއި އިރުދެކުނުް ގަޑިއަކު ފަސް މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް ލަފާ ކުރެ އެވެ.
ދެކުނުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެ ކަމަށް ލަފާކުރާއިރު އެހެން ސަރަހައްދުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވާނެ ކަމަށް މެޓް އޮފީހުން ބުނެ އެވެ. މީގެ އިތުރުން ވިލާގަނޑުގައި ހުރިހާ ސަރަހައްދެއްގެ ކަނޑުތައް ގަދަވާނެ ކަމަށް ބުނެ އެވެ.
ބޯކޮށް ވާރޭވެހި ގުގުރާނޭކަމަށް ލަފާކުރެވޭތީ ހުރިހައި ފަރާތްތަކުންވެސް މޫސުމަށް ސަމާލުވުމަށް މެޓް އޮފީހުން އިލްތިމާސް ކުރެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް