ދެ އެއަރލައިނަކުން ރާއްޖެއަށް މާދަމާ ދަތުރު ފަށަން ތައްޔާރުވެއްޖެ

ދެ އެއަރލައިނަކުން ރާއްޖެއަށް މާދަމާ ދަތުރު ފަށަން ތައްޔާރުވެއްޖެ ކަމަށް މޯލްޑިވްސް އެއާޕޯޓްްސް ކޮމްޕެނީ ލިމިޓެޑުން (އެމްއޭސީއެލް) އިން ބުނެފި އެވެ. އެމްއޭސީއެލް އިން ބުނީ އެއަރ އެސްޓާނާ އާއި އެއަރ ސީ...

04 Dec 2020 | 15:13

ދެ އެއަރލައިނަކުން ރާއްޖެއަށް މާދަމާ ދަތުރު ފަށަން ތައްޔާރުވެއްޖެ ކަމަށް މޯލްޑިވްސް އެއާޕޯޓްްސް ކޮމްޕެނީ ލިމިޓެޑުން (އެމްއޭސީއެލް) އިން ބުނެފި އެވެ.

އެމްއޭސީއެލް އިން ބުނީ އެއަރ އެސްޓާނާ އާއި އެއަރ ސީޝެލްސްގެ ދަތުރުތައް މާދަމާ ރާއްޖެއަށް ފެށުމަށް ތައްޔާރުވެފައިވާ ކަމަށެވެ.

އެއަރ އެސްޓާނާގެ ދަތުރުތައް ކަޒަކިސްތާނުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށް ކުރާ އިރު، ކޮންމެ ހަފުތާއަކު 3 ދުވަހު ދަތުރުތައް ކުރުމަށް ވަނީ ނިންމާފަ އެވެ.

އެގޮތުން ކޮންމެ ހަފްތާއެއްގެ ހޯމަ، ބުދަ އަދި ހޮނިހިރު ދުވަހު ރާއްޖެއަށް ދަތުރުކުރާނެ އެވެ.

އެއަރ ސީޝެލްސްގެ ދަތުރުތައް ރާއްޖެއަށް ކުރާނީ ސައުތު އެފްރިކާގެ ޖޮހެނަސްބާގް އިން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށެވެ. މި އެއަރ ލައިންގެ ދަތުރުތައް ރާއްޖެއަށް ކުރާނީ ކޮންމެ ހޮނިހިރު ދުވަހެއްގައި ކަމަށް އެމްއޭސީއެލް އިން ބުނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް