ހުޅުމާލޭގައި ތަރައްޤީކުރަމުންދާ ބައެއް ސަރަޙައްދުތަކަށް ނައިބު ރައީސް ޒިޔާރަތް ކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް، މިއަދު މެންދުރުފަހު ހުޅުމާލެއަށް ވަޑައިގަންނަވާ، ހުޅުމާލޭގައި ތަރައްޤީކުރަމުންދާ ބައެއް ސަރަޙައްދުތަކަށް ޒިޔާރަތްކުރައްވައި، މަސައްކަތް ކުރިއަށްދާގޮތް ބަ...

04 Dec 2020 | 14:54

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް، މިއަދު މެންދުރުފަހު ހުޅުމާލެއަށް ވަޑައިގަންނަވާ، ހުޅުމާލޭގައި ތަރައްޤީކުރަމުންދާ ބައެއް ސަރަޙައްދުތަކަށް ޒިޔާރަތްކުރައްވައި، މަސައްކަތް ކުރިއަށްދާގޮތް ބައްލަވައިލައްވައިފިއެވެ.

މި ގޮތުން، އެ މަނިކުފާނު ވަޑައިގަންނަވާފައި ވަނީ ތެލެސީމިއާ ސެންޓަރު ބިނާކުރަން ހަމަޖެހިފައިވާ ސަރަޙައްދާއި، މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމް.ޕީ.އެލް) ބަސް ސްޓޭންޑް ހުންނަ ސަރަޙައްދާއި، އައު ޕާކުކުރާ ތަންތަން ހެދުމުގެ މަސައްކަތް ކުރިއަށްދާ ސަރަޙައްދުތަކަށެވެ.

މި ޒިޔާރަތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ އަރިހުގައި މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓަރަކްޗަރ މުޙައްމަދު އަސްލަމާއި، މިނިސްޓަރ އޮފް ހެލްތު އަޙްމަދު ނަސީމާއި، ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗް.ޑީ.ސީ)ގެ މެނޭޖިންގ ޑިރެކްޓަރ ސުޙައިލް އަޙްމަދު ބައިވެރިވެ ވަޑައިގެންނެވިއެވެ.

އެ ބޭފުޅުން ވަނީ މަޝްރޫޢުތައް ކުރިއަށްދާ ގޮތުގައި މަޢުލޫމާތު ރައީސުލްޖުމްހޫރިއްޔާގެ ނައިބާއި ޙިއްޞާ ކުރައްވާފައެވެ.

މި ގޮތުން، ސެންޓްރަލް ޕާކުގައި ކުރަމުންދާ މަސައްކަތްތައް އަންނަ މަހު ނިންމައިލެވޭނެ ކަމަށާއި، ކުރިއަށް އޮތް 10 ވަރަކަށް ދުވަހުގެ ތެރޭގައި ތެލަސީމިއާ ސެންޓަރު ޢިމާރާތް ކުރުމުގެ މަސައްކަތް ފެށޭނެ ކަމުގައި އެ ބޭފުޅުން ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ އަރިހުގައި ދެންނެވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް