ވިލާގަނޑުގައި 45 މޭލަށް ވައިގަދަވާނެ ކަމަށް މެޓް އޮފީހުން ބުނެފި

ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަ ކުރާނެ ކަމަށާއި ވިލާގަނޑުގައި45 މޭލަށް ވައި ގަދަވާނެ ކަަމަށް މެޓް އޮފީހުން ބުނެފި އެވެ. މެޓް އޮފީހުން ބުނީ ބައެއް ރަށްރަށަށް އުދައެރުމަކީ އެކަށީގެންވާ ކަމެއް ކަމަށާ...

04 Dec 2020 | 14:46

ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަ ކުރާނެ ކަމަށާއި ވިލާގަނޑުގައި45 މޭލަށް ވައި ގަދަވާނެ ކަަމަށް މެޓް އޮފީހުން ބުނެފި އެވެ.

މެޓް އޮފީހުން ބުނީ ބައެއް ރަށްރަށަށް އުދައެރުމަކީ އެކަށީގެންވާ ކަމެއް ކަމަށާއި ކުރިއަށް އޮތް 24 ގަޑިއިރު ތެރޭގައި ރާއްޖޭގެ އެކި ހިސާބުތަކަށް ބޯކޮށް ވާރޭ ވެހެމުންދާނެ ކަމަށެވެ.

ބައެއް ރަށްތަކަށް ގުގުރުން އެކަށީގެންވާ ކަމަށް މެޓް އޮފީހުން ލަފާކޮށްފައިވާ އިރު، ހުޅަނގާއި ހުޅަނގުއުތުރުން ހުރިހާ ހިސާބަކަށް ވެސް ގަޑިއަކު 15 މޭލާއި 25 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށް ވެސް ވަނީ ލަފާކޮށްފަ އެވެ. އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 45 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަމަށްވެސް މެޓް އޮފީހުން ވަނީ ލަފާކޮށްފަ އެވެ.

"ރާއްޖޭގެ ކަނޑުތައް އާދައިގެ ވަރަަކަށް ގަދަވާނެ. ރާޅުގެ އުސްމިން އުޅޭނީ ގާތްގަނޑަކަށް 5 ފޫޓާއި 7 ފޫޓާއި ދެމެދުގަ." މެޓް އޮފީހުން ބުންޏެވެ.

އެހެންކަމުން ކަނޑު ދަތުރު ކުރާ ހުރިހާ ފަރާތްތަކަކަށް ވެސް މޫސުމަށް ސަމާލުވުމަށް މެޓް އޮޮފީހުން ވަނީ އިލްތިމާސް ކޮށްފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް