އަދުގެ ސަރުކާރަކީ ހަގީގަތާ އެއްގޮތަށް ޢަމަލުން އެކަން ދައްކާ ބައެއް: އަޙްމަދު ސަޢީދު

އަދުގެ ސަރުކާރަކީ ހަގީގަތާ އެއްގޮތަށް ޢަމަލުން އެކަން ދައްކާ ބައެއް ކަމަށް ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ސަޢީދު ވިދާޅުވެއްޖެ އެވެ. ލ. އަތޮޅު ގަމުގައި އާ އިންޖީނުގޭގެ މަސައްކަތް ނިން...

04 Dec 2020 | 14:37

އަދުގެ ސަރުކާރަކީ ހަގީގަތާ އެއްގޮތަށް ޢަމަލުން އެކަން ދައްކާ ބައެއް ކަމަށް ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ސަޢީދު ވިދާޅުވެއްޖެ އެވެ.

ލ. އަތޮޅު ގަމުގައި އާ އިންޖީނުގޭގެ މަސައްކަތް ނިންމައި ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ސައީދު ވިދާޅުވީ މިހާރު ގެނެވެމުންދާ ބަދަލުތަކާއި، ރައްޔިތުންނާއި ދައުލަތަށްވެސް ބޮޑެތި ފައިދާތަކެއް ކުރާނެކަމަށެވެ.

"މިމަސައްކަތުގައި މިހާތަނަށްވެސް ގިނަ ރަށްތަކުގެ އިންޖީނުގެތައް މިވަނީ ވަނީ އެންމެ ޒަމާނީ އިންޖީނުގެތަކަށް ބަދަލުކޮށް ފެންވަރު ރަނގަޅު އިންޖީނުގެތަކަށް ބަދަލުކުރެވިފަ. ރައީސް ސާލިހް ވެރިކަމާއި ހަވާލުވިއިރު ހުރި 60 އަށްވުރެ ގިނަ އިންޖީނުގެ ބަދަލު ކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން 49 އިންޖީނުގެ ބަދަލުކުރުގެ މަސައްކަތް މިހާރުވަނީ ކުރެވިފަ." ސައީދު ވިދާޅުވި އެވެ.

ސަޢީދު ވިދާޅުވީ ގަމުގައި އެތައް ބައިވަރު ބިންތަކެއް އިންޑަސްޓްރިއަލް މަސައްކަތްތަކަށް ނެގި، ނުކުރެވިފައި އެބަހުރި ކަމަށާއި ނަމަވެސް ލ. ގަމުގައި ގާއިމުކުރެވުނު މި ނިޒާމުގެ ސަބަބުން އެފަދަ ފަރާތްތަކަށް ތަސައްލީއެއް ލިބިގެންދާނެ ކަމަށެވެ.

" ނެޓްވޯކުގަ، އިންޖީނުގޭގަ ވަރު ހުންނާނެ. އެކަމާ އެއްވެސް ފިކުރެއް ތިޔަ ބޭފުޅުން ކުރާކަށް ނުޖެހޭނެ. ލ. އަތޮޅު ގަމުގެ ރައްޔިތުންނަށް ތަރައްގީއަށް ހުރަހެއް ނެތް. ކަރަންޓާ ގުޅިގެން މަޑު ޖައްސާލަން ޖެހޭ އެއްވެސް ޕްރޮޖެކްޓެއް މިހާރު ނޯންނާނެ." ސައީދު ވިދާޅުވި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް