އިންޑިއާ ގައި މާސްކް ނާޅާ އުޅޭ މީހުންނަށް އަދަބު ދިނުމަށް ނިންމައިފި

އިންޑިއާ ގައި މާސްކް ނާޅާ އުޅޭ މީހުންނަށް އަދަބު ދިނުމަށް ނިންމައިފި އެވެ. އެ ގައުމުގެ ގުޖްރާތު ހައި ކޯޓުން އަމުރު ކޮށްފައިވަނީ އިންޑިއާގެ ގުޖްރާތުގައި މާސްކް ނާޅާ އުޅޭ މީހުން ގިނަ ވަމުންދާ ކަމަށެވެ. ...

04 Dec 2020 | 13:11

އިންޑިއާ ގައި މާސްކް ނާޅާ އުޅޭ މީހުންނަށް އަދަބު ދިނުމަށް ނިންމައިފި އެވެ.

އެ ގައުމުގެ ގުޖްރާތު ހައި ކޯޓުން އަމުރު ކޮށްފައިވަނީ އިންޑިއާގެ ގުޖްރާތުގައި މާސްކް ނާޅާ އުޅޭ މީހުން ގިނަ ވަމުންދާ ކަމަށެވެ.

ފޭސް މާސްކް ނާޅާ މީހުންނަށް އަދަބު ދިނުމުގެ ގޮތުން ކޮވިޑް ބަލި މީހުން ތިބޭ ސެންޓަރުތަކުގައި އެމީހުން ލައްވާ ކޮމިއުނިޓީ މަސައްކަތް ކުރުވުމަށް ނިންމާފައިވާ ކަމަށް އެ އަމުރުގައި ވަނީ ބުނެފަ އެވެ.

މާސްކް ނާޅާ އުޅޭ މީހުންނަށް އަދަބު ދިނުމުގެ ގޮތުން އެ ތަންތަނުގައި އެމީހުން ލައްވާ ސާފުކުރުމާއި، ކެއްކުމާއި އެކި ކަހަލަ މަސައްކަތުގައި އެހީތެރިވެދިނުން ފަދަ ކަންކަން ކުރުވުމަށް ވަނީ ނިންމާފަ އެވެ.

ކޮމިއުނިޓީ ސަރވިސް ފުރިހަމަކުރަން ޖެހޭނީ މާސްކް އެޅުމުގެ ގަވާއިދާ ޚިލާފުވުމުން ދައްކަން ޖެހޭ ޖޫރިމަނާ ވެސް ދެއްކުމާ އެކުގައި ކަަމަށް އެ އަމުރުގައި ވެއެވެ.

ކޮވިޑް ބަލި މީހުން ބައިތިއްބާފައި ތިބޭ ސެންޓަރެއްގައި ދުވާލަކު ހަތަރެއް ނުވަތަ ފަސް ގަޑިއިރު، މެޑިކަލް ނޫން މަސައްކަތެއް ކުރުވަން ޖެހޭ އިރު، މި އަދަބު ފަސް ދުވަހާއި 15 ދުވަހާ ދެމެދުގެ މުއްދަތަކަށެވެ.

ކޮންމެ މީހަކަށް ވެސް ދޭ އަދަބު ކަނޑައަޅާނީ އެމީހެއްގެ އުމުރާއި ތައުލީމީ ފެންވަރު އަދި ޖިންސަށް ބަލާފައި ކަމަށް އެ އަމުރުގައި ވަނީ ބުނެފަ އެވެ.

މި ޕޮލިސީ އެކުލަވާލުމަށް ހައި ކޯޓުން ސްޓޭޓް ސަރުކާރަށް ވެސް އަންގާފައިވާ ކަމަށް ރިޕޯޓުތައް ބުނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް