އެމް.އެން.ޑީ.އެފް އިން ޚާއްޞަ އަސްކަރީ ތަމްރީނުތަކެއް ބާއްވަން ނިންމައިފި

މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމް.އެން.ޑީ.އެފް) އިން ކުރިއަށް ގެންދާ ޚާއްޞަ ތަމްރީނުތަކެއް މި ޑިސެމްބަރު މަހު ކުރިއަށް ގެންދިއުމަށް ނިންމައިފި އެވެ. އެ އިދާރާއިން ސަރުކާރުގެ ގެޒެޓުގައި ކޮށްފައިވ...

04 Dec 2020 | 10:17

މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމް.އެން.ޑީ.އެފް) އިން ކުރިއަށް ގެންދާ ޚާއްޞަ ތަމްރީނުތަކެއް މި ޑިސެމްބަރު މަހު ކުރިއަށް ގެންދިއުމަށް ނިންމައިފި އެވެ.

އެ އިދާރާއިން ސަރުކާރުގެ ގެޒެޓުގައި ކޮށްފައިވާ އިޢުލާނެއްގައި ބުނެފައިވަނީ މި ތަމްރީނުތައް އޮންނާނީ މި ޑިސެމްބަރު މަހުގެ 6،7 އަދި 13،14 ގައި ކަމަށެވެ. އަދި މި ތަމްރީނުތައް އެ ދުަވަސްތަކުގައި ކޮންމެ ދުވަހުގެ ހެނދުނު 06:00 އިން 18:00 އަށް ހުޅުލޭގެ އިރުމަތީ ފަރާތުން 07 ނޯޓިކަލް މޭލު ބޭރުގައި ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކަމަށެވެ.

މި ތަމްރީނުތަކުގައި ހަތިޔާރު/ ޕައިރޯޓެކްނިކްސް ބޭނުން ކުރާނެ ކަމަށާއި ވައިގެ ސަރަހައްދު ބޭމނުންކުރާނެ އެންމެ ދުރުމިނަކީ 5000 މީޓަރު ކަމަށް ވެސް ވަނީ ބުނެފަ އެވެ. އަދި ވައިގެ ސަރަހައްދު ބޭނުންކުރާނެ އެންމެ އުސްމިނަކީ 100 މީޓަރު ކަމަށް ވެސް ބުންޏެވެ.

ވައިގެ ސަރަޙައްދު ބޭނުންކުރާނެ އެންމެ ތިރިމިނަކީ ސީ-ލެވެލް ކަމަށާއި ވައިގެ ސަރަޙައްދު ބޭނުންކުރާނެ ޑައިރެކްޝަނަކީ ހުޅުލޭގެ އިރުން 07 މޭލު ބޭރުގައި ކަމަށް ވެސް އެމްއެންޑީއެފް އިން ބުންޏެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް