ރުގްޔާ ކުރުމުގައި ޝަރުޢީ މިންގަނޑުތަކަށް ހުރުމަތްތެރިކޮށް ހިތަން ޖެހޭނެ: ޚުތުބާ

ރުގްޔާ ކުރުމުގައި ޝަރުޢީ މިންގަނޑުތަކަށް ހުރުމަތްތެރިކޮށް ހިތަން ޖެހޭނެ ކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފި އެވެ. ޚުތުބާގައި ބުނީ ފަހަކަށް އައިސް ހަށިގަނޑުން ޖިންނި ނެރުމަށާއި ސިހުރު ބާތިލު ކުރުމ...

04 Dec 2020 | 09:37

ރުގްޔާ ކުރުމުގައި ޝަރުޢީ މިންގަނޑުތަކަށް ހުރުމަތްތެރިކޮށް ހިތަން ޖެހޭނެ ކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފި އެވެ.

ޚުތުބާގައި ބުނީ ފަހަކަށް އައިސް ހަށިގަނޑުން ޖިންނި ނެރުމަށާއި ސިހުރު ބާތިލު ކުރުމުގެ ބަހަނާގައި މަހުރަމަކާ ނުލައި، އެކަހެރިކޮށް އަންހެނުންނާ ބައްދަލުކޮށް، އެކަނބަލުންނަށް ޖިންސީ ގޯނާކުރާކަމުގެ ޝަކުވާތައް ދަނީ އިތުރުވަމުން ކަމަށެވެ.

"ރުގްޔާ ކުރުމަށްޓަކައި ޤުރްއާން ކިޔަވާ، އަންހެނާގެ ގަޔަށް ފުމެލުމަކީ މައްސަލައެއް ނޫން. އެހެނަސް، އަންހެނަކަށް ނުވަތަ މަހުރަމަކަށް ނުވާ މީހަކަށް އޭނާގެ ހަށިގަނޑުން ބައެއް ދެއްކުމަކީ ހުއްދަވެގެންވާ ކަމެއް ނޫން. އަދި މަހުރަކަމަކު ފިޔަވައި، އަންހެނަކު ގައިގާ ހުރަހަކާ ނުލައި، އަތްލައިގެން ނުވާނެ. އޭނާގެ ހިޖާބު ވެސް ނަގައިގެން ނުވާނެ." ޢިލްމުވެރިންގެ ބަސްފުޅުތަކަށް ރިޔާޢާތް ކުރައްވާ ޚުތުބާގައި ބުނެފައިވެ އެވެ.

ޚިތުބާގައި ވަނީ އެފަދަ ހާލަތްތަކުގައި އަންހެނަކު ނުވަތަ މަހުރަމަކު ލައްވައި، ރުގްޔާ ކުރުވުމަށް ނަސޭހަތްތެރިވެފަ އެެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް