އިންސާނީ ޙަޔާތުގައި މުޞީބާތްތަކާއި އިމްތިޙާނުތައް ކުރިމަތި ވަނީ ތެދުވެރި އަޅުންނާއި މުނާފިގުން ދެއްކެވުމަށް: ޚުތުބާ

އިންސާނީ ޙަޔާތުގައި މުޞީބާތްތަކާއި އިމްތިޙާނުތައް ކުރިމަތި ވަނީ ތެދުވެރި އަޅުންނާއި މުނާފިގުން ދެއްކެވުމަށް ކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފި އެވެ. ޚުތުބާގައި ބުނީ ތަގުވާވެރިވުމަކީ ﷲގެ އެންމެގަ...

04 Dec 2020 | 09:10

އިންސާނީ ޙަޔާތުގައި މުޞީބާތްތަކާއި އިމްތިޙާނުތައް ކުރިމަތި ވަނީ ތެދުވެރި އަޅުންނާއި މުނާފިގުން ދެއްކެވުމަށް ކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފި އެވެ.

ޚުތުބާގައި ބުނީ ތަގުވާވެރިވުމަކީ ﷲގެ އެންމެގައި އަމުރުފުޅުތަކަށް ކިޔަމަންވެ، އެކަލާނގެ ނަހީ ކުރެއްވި އެންމެހައި ކަންކަމުން ދުރުހެލިވުން ކަމަށެވެ.

"އިންސާނީ ޙަޔާތުގައި މުޞީބާތްތަކާއި އިމްތިޙާނުތައް ކުރިމަތިވާނެ. ﷲ ތަޢާލާ އިންސާނުންނަށް ކުރިމަތި ކުރައްވާ އެކިބާވަތުގެ ބަލިތަކާއި ނަފްސާނީ އުނދަގޫތަކަކީ އަޅުތަކުން އިމްތިޙާނު ކުރެއްވުމަށްޓަކައި ކުރިމަތިކުރައްވާ ކަންކަން."

އޭގެ ޙިކުމަތަކީ އިޚްލާސްތެރި ތެދުވެރި އަޅުންނާއި ދޮގުވެރި މުނާފިގުންނަކީ ކޮބައިކަން ދެއްކެވުން ކަމަށް ވެސް ޚުތުބާގައި ވަނީ ބުނެފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް