އާދަޔާހިލާފަށް ތުއިވާ އަންހެނުން ގެ ދިރިއުޅުން ބާއްޖަވެރިއެއް ނޫން: ދިރާސާ

ތުއި ވުމަކީ މާ މޮޅު ކަމެއްހެން ބައެއް އަންހެނުންނަށް ހީވެދާނެއެވެ. އެކަމަކު މިއީ އެއްވެސް ފިރިހެނަކު އެމީހުންގެ ލޯބިވެރިން ތިބެން ނުވަތަ ޖައްސަން ބޭނުންވާ ވައްތަރެއްހެނެއް ހީއެއްނުވެއެވެ. މިއިން އެއްވ...

04 Dec 2020 | 05:57

ތުއި ވުމަކީ މާ މޮޅު ކަމެއްހެން ބައެއް އަންހެނުންނަށް ހީވެދާނެއެވެ. އެކަމަކު މިއީ އެއްވެސް ފިރިހެނަކު އެމީހުންގެ ލޯބިވެރިން ތިބެން ނުވަތަ ޖައްސަން ބޭނުންވާ ވައްތަރެއްހެނެއް ހީއެއްނުވެއެވެ. މިއިން އެއްވެސް ކަމަކީ ހަމަޖެހޭ ފިރިހެނަކަށް ކަމުދާނެ ކަންކަމެއް ނޫނެވެ. މިއީ ފިރިހެނުން ފޫހިވާ ސިފައަކަށް ވެސް ހަމަ ވެދާނެއެވެ.

ނަމަވެސް ބައެއް އަންހެންކުދިން ދެކޭ ގޮތުގައި މާ ބޮޑަށް ތުއިވުމަކީ ގިނަ ކަންކަން އެމީހުންނަށް ހާސިލްވެ ފިރިހެނުން ކުރިމަތީގައި މާ މަގުބޫލް މީހަކަށް ވެދާނެ ކަމެކެވެ. އެހެން ހީވިކަމުގައި ވީނަމަވެސް އެއީ ބޮޑު ކުންހީއެކެވެ. ތުއިވާ އަންހެނުންނާއި ގުޅޭ ގޮތުން ދާދި ފަހުން ހެދި ދިރާސާ ރިޕޯޓަކަށް ބަލާލަމާ ހިނގާށެވެ.

ދާދިފަހުން އެމެރިކާގެ ޔުނިވާސިޓީއަކުން ތައްޔާރު ކޮށް އާންމު ކުރި ދިރާސާ ރިޕޯޓެއްގައި ވާގޮތުން މާ ބޮޑަށް ތުއިވާ އަންހެނުންގެ ދިރިއުޅުން މާ ބާއްޖަވެރިއެއްް ނޫނެވެ. އެގޮތަށް ފިރިމީހާ ކައިރީ ނުވަތަ ލޯބިވެރިޔާ ކައިރީ ތުއިދައްކާ އަންހެނުންގެ ތެރެއިން 60 އިން ސައްތަ އަންހެނުން ދެކެ ފިރިހެނުން ފޫހިވެ އެފަދަ އަންހެނުންނާއި ދުރައް ދާ ފިރިހެނުން ގިނަ ކަމަށް މި ދިރާސާ ރިޕޯޓުގައި ބުނެފައިވެއެވެ.

ދިރާސާގައިވާ ގޮތުން އަންހެނުން ދެކެ 40 އިން ސައްތަ ފިރިހެނުން ފޫހިވަނީ ތުއިދައްކާ އަންހެނުން ދެކެއެވެ.

މި ދިރާސާ ހެދުމަށް އެމެރިކާގެ 20 އަހަރާއި 30 އަހަރާއި ދެމެދުގެ 270 އަށްވުރެ ގިނަ ފިރިހެނުން ބޭނުން ކޮށްގެން ކުރި އިންޓަވިއުތަކުން ވެސް ދައްކާ ގޮތުގައި މީގެ ތެރެއިން 60 އިން ސައްތަ ފިރިހެނުން އެންމެ ފޫހިވަނީ މާބޮޑަށް ތުއިކަން ދައްކާ ބޭބީ ވެގެން އުޅޭ އަންހެނުންދެކެއެވެ. އަދި އެފަދަ އަންހެނުން އެމީހުންގެ ދިރިއުޅުމަށް ގެންނަން ބޭނުމެއް ނުވެއެވެ.

ބައެއް ފިރިހެނުން އެމީހުންގެ އިންޓަވިއުތަކުގައި ބުނެފައިވާ ގޮތުން މާ ބޮޑަށް ތުއިވާ އަންހެނުން ނަކީ ފިރިހެނުން މާ ގަޔާވާ ބަޔަކަށް ނުވާ ކަމަށެވެ. އަދި އެފަދަ އަންހެނުން ހަޔާތައް ގެނެސްގެން ވާ ފައިދާއަށް ވުރެ ގެއްލުން ބޮޑު ކަމަށްވެސް ބައެއް ފިރިހެނުންގެ އިންޓަވިއުތަކުގައި ބުނެފައިވެއެވެ.

" އަސްލު މާ ބޮޑަށް ތުއިކަން ދައްކާ އަންހެނުންގެ ފަރާތުން އެއްވެސް ރަނގަޅު ސިފައެއް ނުފެނޭ، އެފަދަ އަންހެނުން ދިރިއުޅުމައް ގެނައުމަކީ ބޮޑު ބޮލުގައި ރިހުމެއް، އެންމެ ރަނގަޅި އެފަދަ އަންހެނުންނާއި ދުރުވުން"- އިންޓަވިއުގައި ފިރިހެނަކު ބުނެފައިވެއެވެ.

ހަގީގަތުގައިވެސް މާ ބޮޑަށް ތުއިކަން ދައްކާ އަންހެނުން ގެންގުޅުމަކީ ބައެއް ފިރިހެނުންނަށް ވަރަށް އުނދަގޫ އަދި ފޫހިކަމަށް ވާނެއެވެ. އެހެނީ އެފަދަ އަންހެނުން ކޮންމެ ކަމަކަށް ބޭނުންވިނަމަވެސް ކުޑަ ކުއްޖެއް ފަދައިން ބޮޑާ ހާކާ ތުއިކަން ދައްކާތީއެވެ. މިއީ ތުއިކަން ދައްކާ މާ ބޭބީ ވެގެން އުޅޭ އަންހެނުން ވިސްނާލަން ޖެހޭ ކަމެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް