ގައުމުތަކަށް ބާރުފޯރުވުމުގަ ޗައިނާގެ މަގުސަދު ހާސިލް ކުރަން އަސްކަރިއްޔާ އިތުރަށް ވަރުގަދަ ކުރަނީ

ޗައިނާ އަސްކަރިއްޔާ، ޕީޕަލްސް ލިބަރަލް އާމީ އިތުރަށް ވަރުގަދަވާން ޖެހޭ ކަމަށް އެ ގައުމުގެ ވެރިކަން ކުރާ ޗައިނިސް ކޮމިއުނިސްޓު ޕާޓީ (ސީސީޕީ)ގެ ވެރިން ބުނެފި އެވެ. ސީސީޕީން މިގޮތަށް އެ ގައުމުގެ އަސްކަރި...

04 Nov 2021 | 18:46

ޗައިނާ އަސްކަރިއްޔާ، ޕީޕަލްސް ލިބަރަލް އާމީ އިތުރަށް ވަރުގަދަވާން ޖެހޭ ކަމަށް އެ ގައުމުގެ ވެރިކަން ކުރާ ޗައިނިސް ކޮމިއުނިސްޓު ޕާޓީ (ސީސީޕީ)ގެ ވެރިން ބުނެފި އެވެ.

ސީސީޕީން މިގޮތަށް އެ ގައުމުގެ އަސްކަރިއްޔާއަށް އެންގިކަން ހާމަ ކުރީ އިއްޔެ އެމެރިކާގެ ޕެންޓަގަންއިން ނެރުނު ރިޕޯޓެއްގައި އެވެ. އެ ރިޕޯޓަކީ ޗައިނާގައި އަސްކަރީ އަދި ސެކިއުރިޓީ ވަރުގަދަކޮށް ތަރައްގީ ކުރަމުންދާ މިންވަރާއި ގުޅޭގޮތުން ތައްޔާރު ކުރިި ރިޕޯޓެކެވެ.

އެ ރިޕޯޓުގައި ބުނެފައިވާގޮތުގައި ސީސީޕީން ގަބޫލު ކުރާގޮތުގައި ޗައިނާއިން އެހެން ގައުމުތަކަށް އަތް ގަދަކޮށް ނުފޫޒު ފޯރުވުމަށް ގެންގުޅޭ ސިޔާސަތު ތަންފީޒު ކުރަމުންދާ ވަރާއި އެއްވަރަށް އަސްކަރިއްޔާގެ ބޭނުން ކުރުމަށް ގާބިލުކަން އިތުރުވާން ޖެހެ އެވެ. އަދި ޒަމާނާއި އެއްގޮތަށް ޒުވާން ހިޔާލުތައް ހިމަނައި އަސްކަރިއްޔާ ބަދަހި ކޮށް ވަރުގަދަކޮށް އޮންނަން ޖެހޭ ކަމަށް ގަބޫލު ކުރެ އެވެ.

އެ ޕާޓީ ގަބޫލު ކުރާގޮތުގައި އެހީ އާއި ރަހުމަތްތެރިކަމުގެ ގުޅުމުގެ ގޮތުގައި ޗައިނާއިން ގައުމުތަކަށް ވެދޭ އެހީތަކުގެ ތެރޭގައި އަސްކަރީ ގޮތުން ގުޅުން ބަދަހި ކުރުމަކީ އިތުރަށް ފުޅާ ކުރެވޭނެ ކުރަން ޖެހޭ ކަމެކެވެ. އެހީތަށް ފޯރުކޮށްދިނުމުގެ ބަދަލުގައި އަސްކަރީ ވަސީލަތްތަކާއި އިމާރާތްތައް ގައުމުތަކުގައި އެޅޭވަރަށް ޗައިނާގެ ބޯޑަރުން ބޭރުގައި އަސްކަރިއްޔާ ވަރުގަދަވާން އަންގާފަވާ ކަމަށްވެ އެވެ.

އެ މަސައްކަތުގެ ތެރެއިން ގައުމުތަކަށް އިންސާނީ އެހީ ފޯރުކޮށްދިނުމަށާއި އދ.ގެ ސުލްހައިގެ ފޯސްތަކުގަ ބައިވެރިވުމުގެ އިތުރުން ބައިލެޓްރަލް އަދި މަލްޓިލެޓްރަލް އަސްކަރީ ތަމްރީންތައް ގައުމުތަކުގައި ކުރިޔަށް ގެންދެވޭނެ ކަމަށެވެ. އަދި އެއްގަމާއި ކަނޑުމަގުން ދިމާވާ ހާދިސާތަކުގައި އެހީތެރިކަން ފޯރުކޮށްދީގެން ގައުމުތަކާއި ގުޅުން ބަދަހި ކުރެވޭނެ ކަމަށެވެ.

ސީސީޕީން ގަބޫލު ކުރާގޮތުގައި މި ދާއިރާތަކުން އަސްކަރީ ގުޅުން ގާއިމް ކުރެވޭނަމަ ޑިޕްލޮމެޓިކް ގުޅުން ވަރުގަދަކޮށް މިހާރަށް ވުރެ ބޮޑަށް ފޮރިން ޕޮލިސީ ތަރައްގީ ކުރުމަށް އެހީއަކަށް ވާނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް