ގދ. ކަނޑުހުޅުދޫ ހެލްތު ސެންޓަރުގެ ސީލިން ބޯޑު މީހެއްގެ ބޮލަށް ވެށްޓި އަނިޔާ ވެއްޖެއެވެ.
ސީލިން ބޯޑު ވެއްޓިފައިވަނީ ސިއްހީ މަރުކަޒުގައި މަސައްކަތް ކުރަމުން އަންނަ 50 އަހަރުގެ އަންހެނެއްގެ ބޮލަށެވެ.
މަޢުލޫމާތު އެނގޭ މީހަކު "ދުވަސް" އަށް ކިޔައިދިން ގޮތުގައި ސީލިން ބޯޑު އޭނާގެ ބޮލަށް ވެއްޓިފައިވަނީ ސިއްހީ މަރުކަޒު ސާފުކުރަންވެގެން މިއަދު ޑިއުޓީގައި އުޅެނިކޮށެވެ.
ބޯޑު ވެއްޓުމުގެ ސަބަބުން ބޮލުގެ ތަންތަން ދުޅަވެފައިވާ ކަމަށާއި އަދި އޭނާ ގެ ބޮލަށް ލިބުނު އަނިޔާގެ ސަބަބުން ހޮޑުލެވިފައިވާ ކަމަށެވެ. މީގެ އިތުރުން އަނިޔާ ލިބުނު މީހާ އަކީ އޮޕަރޭޝަންތަކެއް ކޮށްފައިވާ މީހެއް ކަމުގައި ވެސް ބުނެފައިވެއެވެ.
އެމީހާ ބުނީ އަނިޔާ ލިބުނު މީހާ މިހާރު ވަނީ ގދ. ތިނަދޫ އަބްދުސަމަދު މެމޯރިއަލް ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދޭން ފަށާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް