ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ ދެކުނު ފަރާތުގައި އަލަށް ތަރައްޤީކުރި އާ އޭޕްރަން މިއަދު ހުޅުވައިފިއެވެ.
މި އޭޕްރަންގެ މަސައްކަތް ކޮށްފައިވަނީ ޗައިނާގެ ބީޔޫސީޖީ ކުންފުނިންނެވެ.
މޯލްޑިވްސް އެއާޕޯޓް ކޮމްޕެނީ (އެމްއޭސީއެލް) އިން މަޢުލޫމާތު ދެއްވާ ގޮތުގައި މި އޭޕްރަންގައި ޑޮމެސްޓިކް އަދި އިންޓަނޭޝަނަލް ފްލައިޓްތައް ހިމެނޭހެން ޖުމްލަ ނުވަ މަތިންދާ ބޯޓު ޕާކް ކުރެވޭނެ އެވެ. އޭގެ ތެރޭގައި ކޯޑް ސީ މަރުކާގެ ހަ މަތިންދާ ބޯޓާއި ކޯޑް އޭ މަރުކާގެ ދެ ބޯޓު އަދި ކޯޑް ސީ މަރުކާގެ އެއް ބޯޓު ޕާކު ކުރެވޭނެ ކަމަށް މައުލޫމާތުދެ އެވެ.
މި އޭޕްރަން ހުޅުވުމުގެ ގޮތުން އެންމެ ފުރަތަމަ ޕާކު ކޮށްފައިވަނީ އިންޑިއާއިން ރާއްޖެ އަށް އައި މޯލްޑިވިއަންގެ ފްލައިޓެކެވެ. އެގޮތުން އެބޯޓު އޭޕްރަންގައި ޕާކު ކުރުމުން އެއާޕޯޓުން ވަނީ ވޯޓަ ސެލިއުޓަކުން މަރުހަބާ ކިޔާފައެވެ.
މި ރަސްމިއްޔާތުގައި އެމްއޭސީއެލްގެ ޗީފް އެގްޒެކެޓިވް އޮފިސަރު އަދި މެނޭޖިންގް ޑިރެކްޓަރު ގޯދަން އެންޑްރިއު ސްޓެވާޓް، ހިމެނޭހެން އައިލޭންޑް އެވިއޭޝަންގެ މެނޭޖިންގް ޑިރެކްޓަރު މުހައްމަދު މިހާދު އާއި އެއާލައިން އޮޕަރޭޓަރ ކޮމިޓީގެ ޗެއާމަން މަހުޖޫބް އަބްދުﷲ ބައިވެރިވެ ވަޑައިގެންނެވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް