މާލޭގެ މަގުތައް ތަރައްގީކުރުމަށް ފަށާފައިވާ މަޝްރޫއު ނިމޭއިރު 121 މަގުގެ 30 ޕަސެންޓްގައި ޕާކްކުރެވޭނެ ކަމަށް މާލޭ ސިޓީ ކައުންސިލުން ބުނެފި އެވެ.
އެ ކައުންސިލުން ބުނީ އެތަންތަނުގައި 3700 ސައިކަލާއި 350 ކާރާއި ޕިކަޕް، ލޮރީ ފަދަ 100 އުޅަނދަށް ޕާކްކުރެވޭނެ ކަމަށެވެ.
މާލޭގެ އެކި ތަންތަނުގައި ޕާކު ކުރެވޭނެ އިންތިޒާމު ހަމަޖައްސައިދިނުމަށް އެ ކައުންސިލުން ކުރަނުންދާ މަސައްކަތުގެ ދަށުން ދަރުމަވަންތަ ސްކޫލުގެ ގޯތިން ބައެއްގައި 240 ސައިކަލަށާއި 15 ކާރަށް ޕާކުކުރެވޭނެ ތަނެއް ހެދުމުގެ މަސައްކަތް ވެސް މިހާރު ވަނީ ފަށާފަ އެވެ.
"އަލަށް ޕާކިންގ ޒޯނުގައި ޕާކުކުރާ ވެހިކަލްތަކުން ފީއެއް ނުނަގާނެ. އެ ޕާކިންގ ޒޯނު ހަދަނީ މާލެ ތެރޭގައި ބަސް ދުއްވަން މަގުތަކުން ޖާގަ ހުސްކުރަން." މާލޭ ސިޓީގެ މޭޔަރު ޝިފާ މުހައްމަދު ވިދާޅުވި އެވެ.
ހޮޓެލް ޖެން އާ ޖެހިގެން އޮންނަ ޕާކިންގ ޒޯނު ހެދުމަށް މިހާރު ވަނީ ފަސްގަނޑު އެއްވަރުކޮށް ގާ އެތުރުމުގެ މަސައްކަތް ފަށަން ތައްޔާރުވެފަ އެވެ. އަދި އެ މަސައްކަތް މިމަހުގެ 11ގެ ނިންމުމަށް މަސައްކަތް ކުރަމުން ކަމަށް ސިޓީ ކައުންސިލުން ބުނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް