އެޗްއީއޯސީ ގެ ޕްރެސްތައް ބާއްވާ ދުވަސްތަކަށް އަނެއްކާވެސް ބަދަލު ގެނެސްފި

އެޗްއީއޯސީ ގެ ޕްރެސްތައް ބާއްވާ ދުވަސްތަކަށް އަނެއްކާވެސް ބަދަލު ގެނެސްފި އެވެ. ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 ގެ މަޢުލޫމާތު ދިނުމަށް ޕްރެސް ކޮންފަރެންސްތައް އެންމެފުރަތަމަ ބާއްވަމުން ގެންދިޔައ...

04 Nov 2020 | 12:50

އެޗްއީއޯސީ ގެ ޕްރެސްތައް ބާއްވާ ދުވަސްތަކަށް އަނެއްކާވެސް ބަދަލު ގެނެސްފި އެވެ.

ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 ގެ މަޢުލޫމާތު ދިނުމަށް ޕްރެސް ކޮންފަރެންސްތައް އެންމެފުރަތަމަ ބާއްވަމުން ގެންދިޔައީ ކޮންމެ ދުވަހެއްގެ ވެސް ދެ ވަގުތެއްގަ އެވެ. އެއީ މެންދުރާއި ރޭގަނޑު އެވެ.

އެއަށްފަހު، ޕްރެސްތައް ބާއްވަމުން އަންނަ ދުވަސްތައް ހަފުތާގެ ވަކި ދުވަސްތަކަކަށް ބަހާލައި، އެގޮތުން ކޮންމެ ހަފުތާއެއްގެ ވެސް ހޮނިހިރު، ހޯމަ އަދި ބްރާސްފަތި ދުވަހު ޕްރެސް ބޭއްވުމަށް ނިންމި އެވެ.

ނަމަވެސް މިހާރު ނިންމާފައިވަނީ ކޮންމެ ހަފުތާއެއްގެ ވެސް ބްރާސްފަތި އަދި އާދިއްތަ ދުވަހުގެ ރޭ ޕްރެސް ބޭއްވުމަށެވެ.

މި ބަދަލު ގެނައީ ކީއްވެގެން ކަމެއް އެޗްއީއޯސީ އިން ހާމައެއް ނުކުރެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް