މިއުޒިޝަންސް ޔޫނިއަން އޮފް މޯލްޑިވްސް ގެ ފުރަތަމަ އަހަރީ ޖަލްސާ މިމަހު ބާއްވަނީ..

މިއުޒިޝަންސް ޔޫނިއަން އޮފް މޯލްޑިވްސް (އެމް.ޔޫ.އެމް) ގެ ފުރަތަމަ އަހަރީ ޖަލްސާ މިމަހު ގެ ފަހު ހަފުތާގައި ބޭއްވުމަށް ނިންމައިފި އެވެ. އެ ޖަމިއްޔާ އިން ބުނީ ކޯވިޑް-19ގެ ހާލަތު މާލެއިން މުޅިން ފިލައިގެން...

04 Nov 2020 | 12:02

މިއުޒިޝަންސް ޔޫނިއަން އޮފް މޯލްޑިވްސް (އެމް.ޔޫ.އެމް) ގެ ފުރަތަމަ އަހަރީ ޖަލްސާ މިމަހު ގެ ފަހު ހަފުތާގައި ބޭއްވުމަށް ނިންމައިފި އެވެ.

އެ ޖަމިއްޔާ އިން ބުނީ ކޯވިޑް-19ގެ ހާލަތު މާލެއިން މުޅިން ފިލައިގެން ގޮސްފައި ނުވުމުގެ ސަބަބުން އަހަރީ ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ އޮންލައިން ކޮށް ކަމަށެވެ. އަދި މިކަމާއި ގުޅިގެން ވާންޖެހޭ އެންމެފަހުގެ ތައްޔާރީތައް މިހާރު ވަނީ ގާތްގަނޑަކަށް ނިމުމަކަށް އައިސްފައިވާ ކަމަށާއި މި ތަފްސީލުތައް ވީހާވެސް އަވަހަކަށް އެ ޖަމިއްޔާގެ އެންމެހައި މެންބަރުންނާއި ހިއްސާ ކުރެވޭނެ ކަމަށް ވެސް ބުންޏެވެ.

އެމް.ޔޫ.އެމް ގެ އަހަރީ ޖަލްސާގައި، ޖަމިއްޔާ ހިންގާ ކޮމިޓީގެ މެންބަރުން ހޮވުމަށް ނިންމާފައިވާ އިރު، ހިންގާ ކޮމިޓީއަށް ކުރިމަތިލުމުގެ އެންމެ ފަހު ތާރީޚަކީ މި ހިނގާ ނޮވެމްބަރު މަހުގެ 15 ވަނަ ދުވަހެވެ.

ހިންގާ ކޮމިޓީގެ މަޤާމު ތަކަކީ:

  1. ޕްރެޒިޑެންޓް
  2. ވައިސް ޕްރެޒިޑެންޓް
  3. ޓްރެޜަރަރ
  4. ސެކްރެޓަރީ ޖެނެރަލް
  5. އިވެންޓް ކޯޑިނޭޓަރ
  6. ސްޕޯކްސްޕަރސަން
  7. އެސޯސިއޭޓް އޮފިސަރ

މި މަޤާމުތަކަށް ކުރިމަތި ލެއްވުމަށް ހަމަޖެހިފައިވާ ތާރީޚު ހަމަވާއިރު ހުރިހައި މަޤާމު ތަކަކަށް މެންބަރުން ހަމަ ނުވާނަމަ، ހިންގާ ކޮމިޓީގެ މަޤާމުތަކުގެ އަދަދު ފަސް މަޤާމަކަށް މަދު ކުރެވޭނެ ކަމަށް އެ ޖަމިއްޔާ އިން ބުނެ އެވެ. އަދި މަޤާމުތައް މަދުކުރުމަށްޓަކައި ހިންގާ ޤަވާއިދަށް ގެންނަންޖެހޭ ބަދަލުތައް ރެޖިސްޓަރަރ އޮފް އެސޯސިއޭޝަން މެދުވެރިކޮށް ގެނައުމަށް ފަހު، އަހަރީ ޖަލްސާ އިތުރަށް ލަސްވިއަނުދީ ބާއްވާނެ ކަމަށް ވެސް ވަނީ ބުނެފަ އެވެ.

އެމް.ޔޫ.އެމް ގެ އެދުމަކީ މި މަޤާމުތަކަށް ކުރިމަތިލެއްވުމަށް ޝައުޤުވެރިކަންހުރި ފަރާތްތައް، ވީ އެންމެ އަވަހަކަށް އެ ޖަމިއްޔާގެ ވެބްސައިޓް: www.musiciansunion.mv މެދުވެރިކޮށް މި މަޤާމުތަކަށް ކުރިމަތި ލެއްވުމެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް