ދިވެހިންނަށް އިސްކަން ދީގެން ސޮނެވާ ޖާނީގައި ވަޒީފާގެ ފުރުސަތުތަކެއް

ސޮނެވާ ޖާނީން ދިވެހިންނަށް ހާއްސަކޮށް ވަޒީފާގެ ފުރުސަތުތަކެއް ހުޅުވާލައިފި އެވެ. ސޮނެވާ އިން ވަނީ85 ވަޒީފާގެ ފުރުސަތު ހުޅުވާލާފައި އެވެ. އެ ރިސޯޓުން ބުނީ ކޮންމެ ގައުމެއްގެ މީހަކަށްވެސް މި ވަޒީފާތަކަށް...

04 Nov 2020 | 11:51

ސޮނެވާ ޖާނީން ދިވެހިންނަށް ހާއްސަކޮށް ވަޒީފާގެ ފުރުސަތުތަކެއް ހުޅުވާލައިފި އެވެ.

ސޮނެވާ އިން ވަނީ85 ވަޒީފާގެ ފުރުސަތު ހުޅުވާލާފައި އެވެ.

އެ ރިސޯޓުން ބުނީ ކޮންމެ ގައުމެއްގެ މީހަކަށްވެސް މި ވަޒީފާތަކަށް ކުރިމަތި ލެވޭނެ ކަމަށެވެ. އެކަމަކު ވަޒީފާއަށް މީހުން ނެގުމުގައި ދިވެހިންނަށް އިސްކަން ދޭނެ ކަމަށް ބުނެފައިވެ އެވެ.

އެ ރިސޯޓުން ބޭނުން ވަނީ ވަޒީފާގެ މައިދާނުގައި އަންހެނުންނަށް ބާރުވެރި ކުރުވުމުގެ ގޮތުން މި މަގާމުތަކަށް މީހުން ނެގުމުގައި އަންހެނުންނަށްވެސް އިސްކަން ދޭނެ ކަމަށެވެ. އަންނަ އަހަރު ނިމޭއިރު ސޮނެވާގެ ރިސޯޓުތަކުގައި މަސައްކަތް ކުރާ އަންހެނުންގެ އަދަދު 30 ޕަސެންޓަށް އެރުވުމަށް އެ ކުންފުނިން އަންނަނީ މަސައްކަތް ކުރަމުންނެވެ.

ސޮނެވާ އިން ހުޅުވާލާފައިވާ ވަޒީފާ ތަކުގެ ތެރޭގައި

ހައުސް ކީޕިން- 18 ވަޒީފާ

ބަޓްލަތުން- 16 ވަޒީފާ

ވޯޓާ ސްޕޯޓްސް- 2 ވަޒީފާ

ބޯޓު ކްރޫ- 2 ވަޒީފާ

ރިޒަވޭޝަން އެޖެންޓެއް

ގިފްޓް ޝޮޕް އެސިސްޓެންޓް-2 ވަޒީފާ

އެއާޕޯޓު ހޮސްޓް- 2 ވަޒީފާ

އެފްއެންޑްބީ އެސިސްޓަންޓް މެނޭޖަރެއް

ޑެސްޓިނޭޝަން މެނޭޖަރު- 3 ވަޒީފާ

އެންއެންޑްބީ ޓީމް- 8 ވަޒީފާ

އިންޖިނިއަރިން- 10 ވަޒީފާ

ބަދިގެ ޓީމު- 14 ވަޒީފާ

ސޮނެވާ އިން އިއުލާނުކޮށްފައިވާ ވަޒީފާތަކަށް އޮންލައިންކޮށް ކުރިމަތި ލުމަށް  ވަންނަން ޖެހެނީ https://soneva.com/join-the-soneva-team އަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް