ސަރުކާރު ހިއްސާވާ ކުންފުނިތަށް ވަނީ ވައްކަމަށް ހުޅުވިފައި ކަމަށް މާފަންނު މެދު ދާއިރަގެ މެމްބަރު އިބްރާހީމް ރަޝީދު (ބޮންޑޭ) ވިދާޅުވެއްޖެ އެވެ.
ސަރުކާރުގެ ފަރާތުން ކިނބިދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު މުހައްމަދު ނާޝިޒު ހުށަހެޅުއްވި އިންޝުއަރެންސާ ބެހޭ ބިލުގެ ބަހުސްގައި ބޮންޑޭ ވިދާޅުވީ، ސަރުކާރުގެ ކުންފުނިތަކުން ވައްކަމަށް ހުޅުވިފައިވ ދޮރޮތަށް ބަންދުކުރަން ހަދަން ޖެހޭ ގަވާއިދުތަށް އަދި ވެސް ހުރީ ނުހެދި ކަމަށެވެ. އަދި އެ ގަވާއިދުތަށް ނުހެދި ހަތް އަހަރު ވެފައިވާ ކަމަށް ބޮންޑޭ ވަނީ ވިދާޅުވެފަ އެވެ.
ބޮންޑޭ ވިދާޅުވީ، ސަރުކާރު ކުންފުނިތަކުގެ ކަންތައްތައް ބަލަހައްޓަން އޮންނަ ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑް (ޕީސީބީ) އުފެއްދި ގާނޫނުގައި ލާޒިމުކޮށްފައިވާ ގަވައިދުތައް އެ ގާނޫނަށް ޢަމަލުކުރަންވީ ފަަށާތާ ހަތަރު މަހުގެ ތެރޭގައި ހަދަން ޖެހޭ ގޮތަށް ކަމަށެވެ.
އަދި އެ ގަވާއިދުތަަށް ހަދަން ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިޒް ކޮމިޓީ ( އެސްއޯއީ ކޮމިޓީ) އިން ތަކުރާރުކޮށް ބާރު އަޅަމުން އަންނަ ކަމަށާއި އެހެން ނަމަވެސް ގަވައިދު ނުހަދަނީ ވައްކަން ކުރަން ވެގެން ކަަމަށެވެ. ބޮންޑޭ ވިދާޅުވީ ގަވާއިދު ނުހަދައި ތިބީ "ބައާވާތުގެ މީހުންނާއި" މިހާރުގެ މީހުންނާ އެއްވެ އެކައްޗެއް ކިޔައިގެން ކަމަށެވެ. އިތުރަށް ބޮންޑޭ ވިދާޅުވީ، އެގޮތަށް އެކަން ކުރާ މީހުން ސަލާމަތް ނުވާނެ ކަމަށެވެ. އަދި އެމީހުން މިވެރިކަން ނިމުނީމާ ޖަލަށް ދޭން ޖެހޭނެ ކަމަށެވެ.
ބަހުސްގައި ބޮންޑޭ އިތުރަށް ވިދާޅުވީ، ވައްކަން ހުއްޓުވުމަށްޓަކައި މަޖިލީހުން ކުރަން ޖެހޭ މަސައްކަތް އެއީ މިނިސްޓަރަކަށް އަމާޒުވާ މަސައްކަތަކަށް ވިޔަސް އެ މަސައްކަތް ކުރާނެ ކަމަށެވެ. އަދި އެއީ ފިނޭސް މިނިސްޓަރު ކަމުގައި ވިޔަސް ހެޔޮކަމަށް ބޮންޑޭ ވިދާޅުވި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް